ދުވުންތެރިންނަށް ސަޅި ފުރުޞަތެއް: އުރީދޫގެ ފަރާތުން 15 ފަރާތަކަށް ދޯހާ މެރެތަންގައި ބައިވެރިވުމުގެ ފުރުޞަތު

އުރީދޫ މޯލްޑިވްސްގެ ފަރާތުން 15 ފަރާތަކަށް ރަޖިސްޓްރޭޝަން ފީ ދައްކައިދޭގޮތަށް ދޯހާ މެރަތަންގައި ބައިވެރިވުމުގެ ފުރުޞަތު އުރީދޫއިން ހުޅުވާލައިފިއެވެ. އަންނަ އަހަރުގެ ޖަނަވަރީ 16ގައި ޤަތަރުގައި ބާއްވާ މ...

24 Oct 2025 | 12:47
އުރީދޫ ދޯހާ ރަން 2026 -

އުރީދޫ ދޯހާ ރަން 2026 -

އުރީދޫ މޯލްޑިވްސްގެ ފަރާތުން 15 ފަރާތަކަށް ރަޖިސްޓްރޭޝަން

ފީ ދައްކައިދޭގޮތަށް ދޯހާ މެރަތަންގައި ބައިވެރިވުމުގެ ފުރުޞަތު އުރީދޫއިން ހުޅުވާލައިފިއެވެ.

އަންނަ އަހަރުގެ ޖަނަވަރީ 16ގައި ޤަތަރުގައި ބާއްވާ

މި މެރަތަންއަކީ 15،000 އަށްވުރެ ގިނަ ދުވުންތެރި ބައިވެރިވާ ބޮޑު ދުވުމެކެވެ.

މި އަހަރުގެ ދޯހާ މެރަތަން ސްޕޮންސަރ ކުރަނީ އުރީދޫ

ޤަތަރުންނެވެ. ރޭހުގެ ނަމަކަށް ދީފައިވަނީ "އުރީދޫ ދޯހާ މެރަތަން 2026"

އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނެފައިވަނީ ރާއްޖެއިން މި

ރޭހުގައި ބައިވެރިވާން ބޭނުންވާ 15 ފަރާތަކަށް އުރީދޫ މޯލްޑިވްސްގެ ފަރާތުން ރެޖިސްޓްރޭޝަން

ފީ ސްޕޮންސަރކޮށްދޭން ނިންމާފައިވާކަމަށެވެ.

މި ފުރުޞަތު ހޯދުމަށް އުރީދޫ މޯލްޑިވްސްއިން

ދީފައިވާ ރަޖިސްޓްރޭޝަން ލިންކް ކަމުގައިވާ ore.do/dohamarathon ލިންކް މެދުވެރިކޮށް

ނޮވެމްބަރު މަހުގެ 24 ގެ ކުރިއަށް ރަޖިސްޓްރީ ވާން ޖެހެއެވެ. މި ރޭހުގައި

ބައިވެރިވާ ދުވުންތެރިންނަށް 10ކޭ، ހާފް އަދި ފުލް މެރަތަން ދުވުން ޚިޔާރުކުރެވިދާނެ

ކަމަށް އުރީދޫއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް