ނަބަވީ ޙަރަމްފުޅުގެ އިމާމު ޑރ ޞަލާޙުލް ބުދައިރް މިއަދު އިސްލާމީ މަރުކަޒުގައި ޢަރަބި ބަހުން ދެއްވި ޚުޠުބާގެ ދެއްވި ވަގުތުގެ މަންޒަރެއް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ގަބުރު ވަށައިގެން ރާނާ ދޮންވެލިލައި ވޮށް ދިއްލައި ނަދުރު ބުނެ ޒިޔާރަތުގެ ނަމުގައި
ހަދިޔާކުރުމަކީ ސީދާ ޝިރުކުކަމުގައި ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުލޫ އަކީ "މާތް اللهގެ ވަލިއްޔުން" މި މައުލޫއެވެ.
މި މައުލޫގައި ޚުޠުބާ
ފަށަމުން ބުނެފައިވަނީ މާތް اللهގެ ވަލިއްޔުންނަކީ
ކޮންބައެއްކަން ދަންނާން ޖެހޭކަމަށާއި އިންސާނާއަށް،
އެކަލާނގެ ވަލިއްޔުންގެ ދަރަޖައަށް ވާސިލުވެވޭނީ ކިހިނަކުންކަން ދަންނާން ޖެހޭ ކަމަށެވެ. އެކަލާނގެ ވަލިއްޔުންނަށް ދެއްވަވާ ދަރަޖައާއި
ޖަޒާއަކީ ކޮބައިކަން ދެނެގަންނާން ޖެހޭކަމަށެވެ.
ފުރަތަމަ ޝަރުޠަކީ، މާތް اللهއަށް ފުރިހަމަޔަށް އީމާންވުމާއެކު އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުން، ދެވަނަ ޝަރުޠަކީ، އެކަލާނގެއަށް ތަޤްވާވެރިވުން، އެއީ، މާތް الله އެންގެވި އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންގަނެ، އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުން، اللهُ سُبْحَانَهُ وَتَعَالَى ރުހިވޮޑިނުގަންނަވާ އަދި ނަހީކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަކީ، އެކަލާނގެއާ ކުއްތަންވުމުގެގޮތުން އިންސާނާއަށް ކުރެވޭނޭ އެންމެ މަތިވެރި އެއް ޢަމަލު
މާތް اللهގެ ވަލިއްޔަކަށް ވެވޭނީ، މައިގަނޑު ދެ ޝަރުތެއް ފުރިހަމަވެގެންކަން ހާމަކުރަމުން ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި
ފާހަގަކޮށްފައިވާގޮތުގައި މާތް اللهގެ
ވަލިއްޔުންގެ ދަރަޖައަކީ، ވަރަށް މަތިވެރި ދަރަޖައެކެވެ. އެއީ ނަބިއްޔުންނާއި
ޝަހީދުން ވެސް އެ ދަރަޖައަކަށް ނުހަނު ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވާ، އެ
ބޭކަލުންނަށް ވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެކެވެ.
ކިތަންމެ މާތް އިންސާނެއްކަމުގައިވިޔަސް، ކިތަންމެ ތަޤްވާވެރި
އަޅަކުކަމުގައިވިޔަސް، އެ މީހަކު މި ދުނިޔެ ދޫކުރުމަށް ފަހު ދެން އަހަރެމެންނަށް
އެހީތެރިވުމުގެ ގޮތުން އެއިން ބޭކަލަކަށް ކޮށްދެއްވޭނޭ އެއްވެސްކަމެއް ނޯންނާނޭ ކަމާއި އިސްލާމީ އުންމަތުގެ ބައެއް
ޤައުމުތަކުގައި ކޮށްއުޅޭ އެންމެ ނުރައްކާތެރި އެއް ކަމަކީ، ޞާލިޙު އަޅުންނާއި، ވަލީވެރީންކަމުގައި
ދެކޭ ބައެއް މީހުންގެ ޤަބުރު ވަށައިގެން ރާނައި، އެ ތަނަށް ދޮންވެލިލައި، ވޮށް
ދިއްލައި، ޒީނަތްތެރިކޮށް، އެ ތަންތަނަށް ނަދުރު ބުނެ،ޒިޔާރަތްކުރުން ފަދަ
ކަންކަންކޮށް އުޅުން ކަމުގައި ޚުޠުބާގައި
ފާހަގަކޮށްފައިވެއެވެ.
އެއަށް ވުރެ ނުރައްކާތެރި ކަމަކީ، އެ ޒިޔާރަތްތަކުގައި ފަސްދާނުލެވިފައިވާ މީސްމީހުންގެ ކިބައިން ކަންކަމަށް އެދި ދެންނެވުން، އެއީ ކަނޑައެޅިގެންހުރި ޝިރުކުގެ ޢަމަލެއް، މިވެނިކަމެއް ވެއްޖެއްޔާ އެވެނި ޒިޔާރަތަކަށް ދިދަ ހަދިޔާކުރާން ނަދުރުބުނުމާއި، ބައެއް ޒިޔާރަތްތައް ހުންނަ ރަށްރަށުގައި ކުޑަކުދީން ދޮންކެއު ނުވަތަ ކަންޖާއަޅައި ކިރުމާއި، އެ ތަކެތި ޒިޔާރަތުގެ ނަމުގައި ހަދިޔާކުރުމާއި، އެ ތަންތަން ބަލަހައްޓާ ފަރާތްތަކުން، އެތަންތަނަށް އަންނަ މީހުންގެ އަތުން އެކިއެކި ނަންނަމުގައި ފައިސާއާއި ތަކެތި ނަގައިއުޅުމަކީ މި ރާއްޖޭގައި ވެސް ކޮށްއުޅުނު ޝިރުކުގެ ޢަމަލުތަކެއް
ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި އިތުރަށް ބުނެފައިވަނީ މިއީ
ތައުޙީދުގެ އަހުލުވެރީން ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށާއި މި ފަދަ ޢަމަލުތަކަކީ މާތް الله
ފިއަވައި، ބުދަށް އަޅުކަންކުރާ މީހުން ކުރާ ޢަމަލުތަކާ އެއްގޮތް ޢަމަލުތަކެއް ކަމަށެވެ. މިއީ ތައުބާނުވެ މަރުވެއްޖެނަމަ
ނުފުއްސަވާނޭ ފާފައެކެއްކަން ފާހަގަކަމުން މިފަދަ
ޝިރުކުގެ ޢަމަލުތަކާ ދުރުހެލިވުމަށް ޚުޠުބާގައި
ގޮވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް