ފީފާގެ ރައީސް ރާއްޖޭގައި - ފޮޓޯ: އެފްއޭއެމް
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ
ވަޑައިގެންފިއެވެ.
ރާއްޖެ ވަޑައިގެންނެވުމުން އެއާޕޯޓުން
އެމަނިކުފާނަށް މަރްޙަބާ ދެންނެވީ އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގާއި، ފަތުރުވެރިކަމާބެހޭ
ވަޒީރު ތާރިގް އިބްރާހިމް އެވެ. ރަސްމިއްޔާތުގައި އެކި އިދާރާތަކުގެ ވެރިންވެސް
ބައިވެރިވެވަޑައިގެންނެވިއެވެ.
އިންފަންޓީނޯއަށް މަރްޙަބާ ދެންނެވުމަށް
އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ގައުމީ ފުޓްބޯޅަ ޓީމުގެ އިތުރުން ފުޓްބޯޅަ
އާއިލާގެ ގިނަ ބަޔަކު ބައިވެރިވިއެވެ.
އިންފަންޓީނޯއަށް މަރްޙަބާ ދެންނެވުމަށް ސަގާފީ
ހަރަކާތްތައްވެސް ކުރިއަށްގެންގޮސްފައިވެއެވެ.
މިއީ ފީފާގެ އިސް ވެރިޔަކު ފާއިތުވި 19 އަހަރުގެ
ތެރޭގައި ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ފީފާގެ ރައީސްގެ މި ދަތުރުފުޅުގެ
ސަބަބުން ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި އިތުރަށް ގަދަވެގެންދިއުމަށް ހިތްވަރެއް
ލިބިގެންދާނެކަމުގައި އެފްއޭއެމްއިން ގަބޫލުކުރެއެވެ.
އިންފަންޓީނޯގެ މި ދަތުރުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ
ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާނެއެވެ. އަދި މިއަދު ގަލޮޅު ދަނޑުގައި
ކުރިއަށްގެންދާ އެގްޒިބިޝަނެއްގައި ރައީސް މުޢިއްޒުގެ ޓީމަކާއި އިންފަންޓީނޯގެ
ޓީމެއްގެ މެދުގައި ފުޓްބޯޅަ މެޗެއް ކުރިއަށްދާނެއެވެ. އެ މެޗުގައި ދުނިޔޭގެ
ފުޓްބޯޅައިގެ ލެޖެންޑުންގެ އިތުރުން ދިވެހި ކުޅުންތެރިންވެސް ފެނިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް