ދެމަފިރީންގެ ޖަނާޒާ ހުކުރަށްފަހު

އައްޑޫ ސިޓީ ގެއެއްގައި މިދިޔަ ބުދަ ދުވަހު ނިޔާވި ދެމަފިރިންގެ ޖަނާޒާ ހުކުރު ނަމާދަށްފަހު ބާއްވަން ނިންމައިފިއެވެ. ފަރްހަނާޒްގެ ކަށުނަމާދު ކުރިއަށްގެންދަން ނިންމާފައިވަނީ ހުކުރު ނަމާދަށްފަހު ސ. މަރަދޫ ...

24 Oct 2025 | 00:40
ނިޔާވި ދެމަފިރިން -

ނިޔާވި ދެމަފިރިން -

އައްޑޫ ސިޓީ ގެއެއްގައި މިދިޔަ ބުދަ ދުވަހު ނިޔާވި

ދެމަފިރިންގެ ޖަނާޒާ ހުކުރު ނަމާދަށްފަހު ބާއްވަން ނިންމައިފިއެވެ.

ފަރްހަނާޒްގެ ކަށުނަމާދު ކުރިއަށްގެންދަން

ނިންމާފައިވަނީ ހުކުރު ނަމާދަށްފަހު ސ. މަރަދޫ ބުރުޒު މިސްކިތުގައެވެ. އިބްރާހީމްގެ ކަށުނަމާދު ކުރިއަށްގެންދަން ނިންމާފައިވަނީ ހުކުރު ނަމާދަށްފަހު ސ. ހިތަދޫ ހުސެއިން މޫސާ މިސްކިތުގައެވެ.

އައްޑޫ ސިޓީ ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދުގައި

ހުރި ގެއެއްގެ ތެރެއިން އެ ދެމަފިރިން ނިޔާވެފައި ތިއްބާ ފެނުނީ އެ ދެމަފިރިންގެ

ޚަބަރެއް ނުވުމުން ފުލުހުންގެ އެހީތެރިކަމާއެކު ޢާއިލާއިން އެ ގޭގެ ފުރާޅުގެ ޓިނު

ނަގައި ބެލުމުންނެވެ.

ނިޔާވެފައި ތިބި ކަމަށްވަނީ އެއް ކޮޓަރީގެ ފާޚާނާތެރޭގައެވެ.

ނިޔާވި ސަބަބާއިމެދު ފުލުހުން އަދި ވަކި އެއްޗެއް

ބުނެފައިނުވިނަމަވެސް މަރުގައި ޝައްކެއް އުފެދޭފަދަ ކަމެއް ނެތްކަމަށް ފުލުހުން

ބުނެފައިވެއެވެ.

އެ ރަށުގައި ގިނައިން ވާހަކަ ދެކެވެނީ އެ ދެމަފިރިން

ނިޔާވެފައިވަނީ އެގެއަށް ކަރަންޓު ދޭން ގެންގުޅުނު އިންޖީނެއްގެ ދުމުގެ

އަސަރުކޮށްގެން ކަމަށެވެ.

އެ ގެއަކީ ދާދި ފަހުން ހެދި ގެއަށްވެފައި އެ ގެއަށް

އެ ދެމަފިރިން ބަދަލުވީ ދާދި ފަހުން ކަމަށްވެފައި ހިތަދޫ ޓޫރިޒަމް ޒޯނަށް އަދި

ފެނަކައިގެ ކަރަންޓު ކޭބަލް ނުލާތީ އެ ދެމަފިރިން އުޅެމުންދިޔައީ އިންވާޓަރު ޖަނަރޭޓަރެއް

ބޭނުންކޮށްގެންނެވެ.

އެ ސަރަހައްދަކީ އަދި ބަޔަކު އާބާދު ނުވާ

ސަރަހައްދަކަށްވެފައި ވަގުންގެ އުނދަގޫ ބޮޑުވާނެ ކަމަށް ބަލައި އެ ގޭގެ ސެކިއުރިޓީ

ވަރަށް ވަރުގަދަ ކަމަށާއި އަދި ހަމަ އެހެންމެ އެކަމަށް ބަލައި ވެންޓިލޭޝަންވެސް

ހަމައެކަނި އެންމެ ކުޑަދޮރަކުން ފިޔަވައި ނޫން ގޮތަކަށް ނެތްކަމަށް ބައެއް މަސްދަރުތަކުން

ބުނެއެވެ.

ސ. ހިތަދޫ ކްރޭންގޭ، އުމުރުން 60 އަހަރުގެ

އިބްރާހިމް އަބްދުﷲ އާއި އޭނާގެ އަނބިމީހާ ސ. މަރަދޫ، ނާރެސް، އުމުރުން 52 އަހަރުގެ

ފަރުހަނާޒް ރަޝީދުގެ ހަށިގަނޑު ރެއާއި ހަމައަށް އޮތީ މޯޗަރީގައެވެ. ދެމަފިރިންގެ

ހަށިގަނޑު މިހާރު ވަނީ ޢާއިލާއާއި ހަވާލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް