މަސީހު ބޭރުކޮށްފިނަމަ މަޖިލީސް ރައީސް ކަމަށް ވާދަކުރާނަން: އަދުރޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު ބޭރުކޮށްފިނަމަ އެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަދުރޭ މިހެން ...

24 Oct 2018 | 10:09

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު ބޭރުކޮށްފިނަމަ އެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އަދުރޭ މި މޭރުމުން ޓްވީޓެއް މިއަދު ކުރައްވާފައިވާއިރު މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ މަޖިލީހަށް ވައްދާފައެވެ. މަޖިލީހަށް އެ މައްސަލަ ވައްދާފައިވަނީ ޖުމްލަ 51 މެމްބަރުންގެ ސޮޔާއެކުގައެވެ. ސޮއިކުރި މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ 14 މެމްބަރަކުވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް