ޒިނޭ މަތީގައި ތައުބާ ނުވެ ހުންނަ ހަޔާތުގެ ބައިވެރިޔާއާއެކު އުޅުން ހުއްދަ ނޫންކަމުގައި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސްގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"ސުވާލަކީ ފިރިމީހާ އަނބިމީހާ ކުރެން އެކަކުވެސް އެހެން މީހަކާ އެއްކޮށް ޒިނޭ ކޮށްފިނަމަ ކައިވެނި ސައްހަ ވާނެތޯ؟" ސުވާލުގައި ބުނެފައިވެއެވެ.
ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ޒިނޭ ކުރުމަކީ ބޮޑު ފާފައެއް ކަމަށެވެ. ވަކިން ހާއްސަކޮށް ކައިވެނި މަތީގައި ހުރެގެން ޒިނޭ ކުރުމުގެ ނުބައިކަން އިތުރު ވެގެންވާކަމަށެވެ. އަދި ދެމަފިރިން ކުރެ މީހަކަށް ޒިނޭ ކުރެވުނު ނަމަވެސް އޭގެ ސަބަބުން ކައިވެނި ރޫޅިގެން ނުދާނެ ކަމަށާއި ނަމަވެސް ތައުބާ ނުވެއްޖެ ނަމަ އެމީހާއާއެކު އުޅުން ހުއްދަ ވެގެން ނުވާކަމުގައި ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސް އަކީ ދީނީ ސުވާލުތަކަށް ޖަވާބު ދޭ ޕްލެޓްފޯމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް