ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ 49 މެމްބަރަކު މިއަދު ގަރާރެއް ހުށަހަޅާފައިވާއިރު އެ މެމްބަރުންނަށް ރައީސް ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް ނަޝީދު އެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
"އަޅުގަނޑު މިނިވަންކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހަޅުއްވައިދެއްވި އިއްޒަތްތެރި އެންމެހާ މެމްބަރުންނަށް، އަޅުގަނޑުގެ ހިތުގެ ހާލިސް ކަމާއެކު އިހުލާސްތެރި ޝުކުރު ދަންނަވަން" ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ހުށަހެޅ ގަރާރުގައި އިދިކޮޅު 36 މެމްބަރަކާއި ޕީޕީއެމްގެ 13 މެމްބަރަކު ސޮއި ކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް