ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހެޅި އިރު ޕީޕީއެމްގެ 13 މެމްބަރަކު އެ ގަރާރުގައި ސޮއިކޮށްފިއެވެ.
އެ ގަރާރު ހުށަހަޅާފައިވަނީ ޖުމްލަ 49 މެމްބަރުންގެ ސޮޔާއިއެކުގައެވެ. އޭގެ ތެރޭގައި އިދިކޮޅުގެ 36 މެމްބަރަކު ހިމެނެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ގަރާރުގައި ސޮއިކުރި ޕީޕީއެމްގެ 13 މެމްބަރުންނަކީ
- ފަރެސް މާތޮޑާ ހުސައިން މުހައްމަދު ލަތީފު
- އަހްމަދު ރަޝީދު އިބްރާހިމް އިސްދޫ ދާއިރާ
- ނާޒިމް ރަޝާދު ތުޅާދޫ ދާއިރާ
- ރިޔާޒު ރަޝީދު ވިލުފުށީ ދާއިރާ
- އަހްމަދު ސަލީމު އޭދަފުށީ ދާއިރާ
- އަހްމަދު މުބީން ބިލެތްދޫ ދާއިރާ
- އަހްމަދު ރަޝީދު ގައްދޫ ދާއިރާ
- މުއާޒު މުހައްމަދު ރަޝީދު މަޑަވެލި ދާއިރާ
- އިބްރާހިމް ސުޖާއު ބާރަށު ދާއިރާ
- އަބްދުﷲ ޔާމީން ރަޝީދު ވެލިދޫ ދާއިރާ
- އަހްމަދު އަޒްހާން ފަހުމީ މާވަށު ދާއިރާ
- ހުސައިން މަނިކު ދޮންމަނިކު ގުރައިދޫ ދާއިރާ
- އަލީ ފަޒާދު ފުވައްމުލަކު މެދު ދާއިރާ އެވެ.
ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅާފައިވާއިރު އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ. އެއީ ޖަލަށް ލިޔަސް ހެޔޮ ކަމަށް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް