ހުޅުމާލޭގައި ނަފްސާނީ މައްސަލައެއް ހުންނަ އަންހެނަކު ފްލެޓެއްގެ ދެވަނަ ބުރިން ފުންމާލަން އުޅެނިކޮށް ސަލާމަތް ކޮށްފިއެވެ. އޭނާ ސަލާމަތް ކޮށްފައިވަނީ ސިފައިންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ހެނދުނު 8 ހާއިރު ހިނގި މި ހާދިސާގައި، އެ އަންހެން މީހާ ފެނުނީ ފްލެޓެއްގެ ދެވަނަ ބުރީގެ ކުޑަ ދޮރަކުން ބޭރަށް ނިކުމެ، ބޭރަށް އިންނަ ޝީޓެއްގެ މަތީގައި އިށީނދެ އިންދައެވެ.
މީޑީއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހުޅުމާލޭގައި މީހަކު އިމާރާތަކުން ފުންމާލަން އުޅޭ ކަމުގެ ރިޕޯޓް ސިފައިންނަށް ލިބުމުން އެތަނަށް އެމީހާ ސަލާމަތް ކުރުމަށށް 08:40 ހާއިރު ސިފައިންގޮސް، ހަރުގަނޑެއް ބަހައްޓައިގެން އަރާ އެ އަންހެންމީހާ ސަލާމަތް ކޮށްފައިވާކަމަށެވެ.
މި މައްސަލައިގާ ފުލުހުން ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް