މަޖިލިސް މިނިވަން ވި ކަމުގެ އުފާވެރި ހަބަރު މިއަދު ލިބޭނެ: އެމްޕީ އަމީތު

އިންޝާﷲ މަޖިލިސް މިނިވަން ވި ކަމުގެ އުފާވެރި ހަބަރު މިއަދު ލިބޭނެ ކަމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އަމީތު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓް...

24 Oct 2018 | 05:49

އިންޝާﷲ މަޖިލިސް މިނިވަން ވި ކަމުގެ އުފާވެރި ހަބަރު މިއަދު ލިބޭނެ ކަމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އަމީތު ވިދާޅުވެފައިވަނީ އިއްޔެ ހަވީރު 05:00ގައި މަޖިލީހުގެ ރައީސް މަސީހް އިންނަ ރޫމްގަ ހުރި މަސީހްގެ ޕާސަނަލް ހުރިހާ އެއްޗެއް ނެރެ ސާފުކޮށްފައިވާކަމަށެވެ.

އަމީތު މިހެން ވިދާޅުވެފައިވާއިރު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން މިއަދު މަޖިލީހަށް ވައްދާނެކަން ވަނީ ހާމަކޮށްފައެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގާ 45 މެމްބަރުންނަށްވުރެ ގިނަ މެމްބަރުން ސޮއި ކޮށްފައިވާކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް