ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މި މަހުގެ ދެވަނަ ދުވަހު މަރާލާފައިވާ ސައުދި ނޫސްވެރިޔާ ޖަމާލް ހަޝޫގްޖީގެ ދެ ފިރިހެން ދަރިންނާ، ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ބައްދަލުކުރައްވައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހަޝޫގްޖީގެ ދެ ދަރިންނާއި އެމްބީއެސް ބައްދަލުކުރައްވާފައިވަނީ އެ ދެ ކުދިން، ސައުދީ ސަރުކާރުގެ ހެޑްކުއާޓަރުގެ ގޮތުގައި ބަލާ ޔަމާމާ ޕެލަސް އަށް ގެންގޮސްގެންނެވެ.
ހަޝޫގްޖީގެ ދެ ދަރިންގެ ތެރެއިން ދޮށީ ފިރިހެން ދަރި ސަލާހް އާއި އެމްބީއެސް ސަލާމް ކުރާ ފޮޓޯ އާންމުކޮށްފައިވާއިރު ސަލާހްގެ މޫނުމަތިން ރުޅިވެރިކަން ފެންނަ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ހަޝޫގްޖީގެ ދެ ދަރިންނާއި އެމްބީއެސް ބައްދަލުކުރީ ހަޝޫގްޖީގެ މަރުގެ ތައުޒިޔާ އާއިލާއަށް ރައްދު ކުރުމުގެ ބޭނުމުގައެވެ.
ހަޝޫގްޖީގެ ދެ ދަރިންނާއި އެމްބީއެސް ބައްދަލުކުރައްވާފައިވާއިރު ހަޝޫގްޖީގެ މަރާލުމުގެ ތުހުމަތު ގިނަ ބަޔަކު ކުރަމުން އަންނަނީ އެމްބީއެސް އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް