ފުވައްމުލަކު އެއާޕޯޓުން މަސްތުވާތަކެއްޗާ އެކު 57 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް މިސްކިތްމަގު ކިނާރާ އަބ...

24 Sep 2026 | 08:26
N/A

N/A

ވައިގެ މަގުން ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް މިސްކިތްމަގު ކިނާރާ އަބްދުﷲ މުހައްމަދު (57އ) އެވެ. މި މަހުގެ 20 ވަނަ ދުވަހު ފުވައްމުލައް ސިޓީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހުއްޓުވާފައި ވަނީ އެ ސިޓީގެ އެއާޕޯޓު ތެރެއިންނެވެ.

ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ކޮތަޅުތަކެއް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 68 ގުރާމު ހުރި ކަމަށް ފުލުހުން ބުނެއެވެ.

އަބްދުﷲ މުހައްމަދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް