މި އަހަރުގެ އެންމެ ބާރުގަދަ ތޫފާން ރަގާސާ މިއަދު ހޮންކޮންގާއި ޗައިނާގެ ގުއަންގްޑޮންގަށް ފޯރާނެ

މި އަހަރުގެ އެންމެ ބާރުގަދަ ތޫފާން ކަމުގައިބުނާ ސުޕަރ ޓައިފޫން ރަގާސާ މިއަދުގެ ވަގުތެއްގައި ޗައިނާގެ ސްޕެޝަލް އެޑްމިނިސްޓްރޭޓިވް ރީޖަން ހޮންކޮންގާއި ޗައިނާގެ ގުއަންގްޑޮންގަށް ފޯރާނެއެވެ. މީޑިއާ ރިޕޯޓް...

24 Sep 2025 | 05:27
ހޮންގްކޮންގް ވައިގެ ބާރުމިން މިއަދު ހުރި މިންވަރު ދައްކައިދޭ ފޮޓޯއެއް / ފޮޓޯ: ބްލޫމްބާރގް

ހޮންގްކޮންގް ވައިގެ ބާރުމިން މިއަދު ހުރި މިންވަރު ދައްކައިދޭ ފޮޓޯއެއް / ފޮޓޯ: ބްލޫމްބާރގް

މި އަހަރުގެ އެންމެ ބާރުގަދަ ތޫފާން ކަމުގައިބުނާ

ސުޕަރ ޓައިފޫން ރަގާސާ މިއަދުގެ ވަގުތެއްގައި ޗައިނާގެ ސްޕެޝަލް

އެޑްމިނިސްޓްރޭޓިވް ރީޖަން ހޮންކޮންގާއި ޗައިނާގެ ގުއަންގްޑޮންގަށް ފޯރާނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިހާރުވެސް އެ

ތޫފާނުގެ ބާރުގައި ވައިގެ ބާރުމިން ހުރީ އިންތިހާ ބާރުމިނެއްގައެވެ. އެ ދެ

ސަރަހައްދުގައިވެސް އެންމެ މަތީ އިންޒާރު ވަނީ މިހާރު އިޢުލާނުކޮށްފައެވެ.

ޗައިނާއަށް ބަލައިލާނަމަ މި ތޫފާން ޗައިނާއަށް އަރާނެ

ކަމަށް ބެލެވެނީ ރާއްޖޭ ގަޑިން ނަމަ މިއަދު ހެނދުނު 09:00 އާއި ހަވީރު 05:00 އާއި

ދެމެދުގެ ވަގުތެއްގައެވެ. ގުއަންގްޑޮންގެ ތައިޝަން އަދި ޒަންޖިއާންގް ސިޓީ

ސަރަހައްދަށް މި ތޫފާން ފޯރާނެ ކަމަށް ބެލެވޭއިރު ފެން ބޮޑުވުމާއި ބޮޑެތި

ގެއްލުންތަކަކާ ކުރިމަތިވުމުގެ ބިރު އޮތްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރަގާސާގެ މިސްރާބު ޗައިނާގެ މެއިންލޭންޑާއި ހޮންގްކޮންގާއި

ދިމާއަށް ހުރި އިރު ތޫފާނުގެ އެންމެ ބާރުގަދަ ސަރަހައްދުގައި ވައިގެ ބާރުމިން ހުރީ

ގަޑިއަކު 200 ކިލޯމީޓަރު ބާރުމިނެއްގައިކަން ފާހަގަކޮށްފައިވެއެވެ. އެއީ އަހަރުމެން

ރާއްޖޭގެ މެޓުން ބުނާ ބީދައިން ނަމަ ގަޑިއަކު 124 މޭލު ބާރުމިނެވެ. ރާއްޖޭގައި

މޫސުން އެންމެ ގޯސްވާ ދުވަސްވަރުވެސް ވައިގެ ބާރުމިން އެންމެ ބާރުވަނީ ގަޑިއަކު 50

މޭލެއްހާ ބާރުމިނަށެވެ.

ތޫފާނަށް ތައްޔާރުވުމުގެ ގޮތުން ހޮންކޮންގުގައި

ސްކޫލުތައް ވަނީ ބަންދުކޮށްފައެވެ. 100އެއްހާ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ.

ޗައިނާއަށް ބަލައިލާއިރު ގުއަންގްޑޮންގް

ސަރަހައްދުން ހަތަރު ލައްކައެއްހާ ރައްޔިތުން ސަލާމަތީ ސަރަހައްދުތަކަށް

ގެންދިއުމުގެ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. ވަގުތީ ހިޔާތައް ވަނީ ތައްޔާރީ

ހާލަތަށް ގެނެސްފައެވެ.

ބާރުގަދަ މި ތޫފާން ތައިވާނާއި ފިލިޕީންސް

ހުރަސްކޮށްފައިވާއިރު ފިލިޕީންސުން ހަތަރުމީހަކު ތައިވާނުން 14 މީހަކު މަރުވެފައިވެއެވެ.

ތައިވާނުން އެތައް ބަޔަކު ގެއްލިފައިވާއިރު ފިލިޕީންސުން 17 ހާހެއްހާ މީހުން ވިއްސި

ވިހާލިވެފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއވެެ.

އެ ދެ ޤައުމަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި

އެތައް އިމާރާތެއް ބިމާ ހަމަވުމާއި ގަސްތައް ވެއްޓުމާއި މަގުތަކުގައި ފެންބޮޑުވުން

ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް