ކްލިކް ކޮލެޖްގެ ޑީންގެ މަގާމަށް މަރިޔަމް ޝިފާނާ މިއަދު އައްޔަންކުރައްވައިފިއެވެ.
ކްލިކް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮލެޖްގެ ޑީނަކަށް އައްޔަންކުރިކަމުގެ ލިޔުން މަރިޔަމް ޝިފާނާއާ ހަވާލުކޮށްދެއްވީ، އެކޮލެޖްގެ ޕްރެސިޑެންޓް ޑރ. ނައުޝާދު މުހައްމަދެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން އެ ކޮލެޖުން ބުނެފައިވާގޮތުގައި ޝިފާނާ ވަނީ އޮސްޓްރޭލިޔާގެ ފްލިންޑާރސް ޔުނިވާސިޓީއިން މާރސްޓާސް އޮފް އެޑިއުކޭޝަން އިން ލީޑާރޝިޕް އެންޑް މެނޭޖްމެންޓް ހާސިލްކޮށްފައެވެ. އަދި އޮސްޓްރޭލިއަން އެސޯޝިއޭޝަން ފޮރ ރިސާޗް އިން އެޑިއުކޭޝަންގައި މިދާއިރާއިން އެތަކެއް ރިސާރޗްތަކެއް ޝިފާނާވަނީ ހައްދަވާފައެވެ.
މީގެ އިތުރުން ޝިފާނާ ވަނީ އައްޑޫ ހައިސްކޫލް ޓީޗަރެއްގެ މަގާމުގެ އިތުރުން ދިގުރަށުގެ ޕްރިންސިޕަލްގެ މަގާމްވެސް އަދާކޮށްފައި ކަމުގައި އެ ކޮލެޖުން ބުނެއެވެ.
ކްލިކް ކޮލެޖްގެ ޑީން އައްޔަނުކުރުމުގެ މި ހަފްލާގައި ކޮލެޖްގެ ޕްރެސިޑެންޓް ޑރ. ނައުޝާދު ވިދާޅުވީ މިހާރު ކޮލެޖްގެ އަމާޒަކީ ރިސާރޗް ބޭސް އެޑިއުކޭޝަން ދަރިވަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް