ވާން މިއުޅެނީ ކީއްކަން ހަމަ އެއްގޮތަކަށްވެސް ނޭނގެ އެވެ. އެނގޭހާވެސް އެއްޗަކީ ކޮންމެވެސް ކަމެއް ވާން އުޅޭ ކަމެވެ.
ކޮންމެވެސް ކަމެއް ވާން އުޅޭކަން އެނގެނީ މީގެ 12 އަހަރު ކުރިން 2005 ވަނަ އަހަރު ދިވެހިންނަށް ތައާރަފު ވި، ކުރީގެ ނަމުން ނަމަ ވަތަނިއްޔާ ނުވަތަ މިހާރުގެ ނަމުން އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންނެވެ.
https://twitter.com/OoredooMaldives/status/900575657133879297
އިއްޔެ އާއި މިއަދު އުރީދޫގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ތަފާތު ދެ ޕޯސްޓެއް އާއްމު ކޮށްފައި ވެ އެވެ. އިއްޔެ އާއްމުކޮށްފައިވާ ޕޯސްޓްކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ "ފެންތައްޓެއް ބޯލުންހާ ފަސޭހަ" ވާނެ ކަމަށެވެ. މިއަދު އާއްމުކުރި ޕޯސްޓްގައި ބުނެފައިވަނީ "ގޫގަލް ކޮށްލުންހާ ފަސޭހަ" ވާނެ ކަމަށެވެ.
ކޮންމެއަކަސް އުރީދޫގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ނަޒަރު ހިންގާލުމުން ކޮންމެވެސް ކަމެއް ވާން އުޅޭހެން އެބަ ހީވެ އެވެ. ވާން މިއުޅޭ ގޮތަކާއިމެދު ނުވަތަ ކަމަކާއިމެދު އިތުރަށް ބަހުސް ކޮށްލުމަށް ކިއުންތެރިންނަށް ދޫކޮށްލާނަމެވެ.
އުރީދޫއަކީރާއްޖޭގެ މުއާސަލާތީ ހިދުމަތަށް ބޮޑު އިންގިލާބެއް ގެނުވި ކުންފުންޏެކެވެ. 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް އުރީދޫއިން އަންނަނީ ތަފާތު ގިނަ ކަންތައްތަކެއް، ތަފާތު އެތައް ހިދުމަތްތަކެއް ދިވެހިންނަށް ތައާރަފް ކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް