ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ހާއްސަ ލޯނު ދޫކުރަން ފަށަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފުޅާކުރުމަށް އިކޮނޮމިކް މިިނިސްޓްރީން ދޫކުރާ ލޯނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެ މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ހުށަހަޅާ ފޯމު އަންނަ އާދިއްތަ ދ...

24 Aug 2017 | 04:00

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފުޅާކުރުމަށް އިކޮނޮމިކް މިިނިސްޓްރީން ދޫކުރާ ލޯނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ހުށަހަޅާ ފޯމު އަންނަ އާދިއްތަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. މި ލޯނު ސަރުކާރަށް އަނބުރާ ދައްކަން ނުވަ އަަހަރަށް ވުރެ މުއްދަތު އިތުރުވެގެން ނުވާނެ އެވެ.

ލޯނު ދޫކުރުމުގައި އަންހެނުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިސްކަންދެ އެވެ.

އިކޮނިމިކް މިނިސްޓްރީން ބުނީ ވަކި ފަރުދަކު ކުރާ ވިޔަފާރިއަކަށް އެންމެ ގިނަވެގެން ލޯނު ދޫކުރެވޭނީ 500،000 ރުފިޔާ އާ ހަމައަށެވެ. ކުންފުންޏެއް ނުަވަތަ ކޯޕަރޭޓް ސޮސައިޓީއެއް ހިއްސާވެގެން ވިޔަފާރި ކުރާނަމަ، އެ ފުޅާކުރުމަށް 150،000 ރުފިޔާ އާ ހަމައަށް ލޯނު ދޫކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

މިއަހަރު ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ އަށް ދާއިރާއަކުންނެވެ. ޓޫރިޒަމާއި ދަތުރުފަތުރުކުރުމާއި އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ ވިޔަފާރި ފުޅާ ކުރުމަށާއި ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކުރުމަށާއި ކޯޕަރޭޓިވް ސޮސައިޓީއާ ގުޅޭ ވިޔަފާރިތަކުގެ އިތުރުން ހިދުމަތް ފޯރުކޮށްދިނުމާއި ވޭސްޓް މެނޭޖްމަންޓް ދާއިރާ އަދި އޯޕަން ކެޓެގަރީއަށް ޕްރޮޕޯޒަލް ހުށަހެޅޭނެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި ފުޅާ ކުރުމަށް މިއަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 38 މިލިއަން ރުފިޔާގެ ލޯނެވެ. އެކަމަކު މިދިޔަ އަހަރު 50 މިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ.

ޕްރޮޕޯސަލް ފޯމު އަންނަ އާދިއްތަ ދުވަހު ދޫކުރަން ފެށިނަމަވެސް ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ން 27 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް