މާޝާގެ ބަންދަށް އިތުރު 15 ދުވަސް - ވިކުރާ ފޮތަކާއި ނަގުދު ހަތަރު ލައްކައެއްހާ ރުފިޔާ އެ ގެއިން ފެނުނު

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކުރިން ހައްޔަރުކޮށްފައިވާ ލ. ދަނބިދޫ / ގުލައާލެގެ، މާޝާ އިބްރާހީމް (38 އ.) ގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ. ބަންދު އަމުރުނ...

24 Jul 2026 | 14:53
N/A

N/A

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކުރިން ހައްޔަރުކޮށްފައިވާ ލ. ދަނބިދޫ / ގުލައާލެގެ، މާޝާ އިބްރާހީމް (38 އ.) ގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި، އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. މޫންލައިޓްވިއު 5 ބަލައި ފާސްކުރި އިރު، ކޮޓަރީ ކަބަޑުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 20 ރަބަރު ޕެކެޓާއި ޑްރޯވަރުން 10 ރަބަރު ޕެކެޓް ފެނިފައިވެއެވެ. ޑްރޯވަރުގެ ދަށުން 387،500 ރުފިޔާ ވެސް ފެނިފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.

މީގެ އިތުރުން ގްރައުންޑް ފްލޯރުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން ޑިޖިޓަލް ކައްޓާއަކާއި އިތުރު ރަބަރު ޕެކެޓްތަކާ އެކު މަސްތުވާތަކެތީގެ ވިކުރާ ފޮތެއް ފެނިފައިވެއެވެ. ތަހުލީލުން ދައްކާ ގޮތުގައި ފެނުނު ތަކެތީގެ ތެރޭގައި 1،141.9 ގްރާމް ޑައޯމިފިނާއި 0.0485 ގްރާމް މެފެޑްރޯނާއި 24.99 ގްރާމް އިތުރު މާއްދާއެއް ހިމެނެއެވެ.

ބަންދު އަމުރުގައިވާ ގޮތުން، އެ ގެއިން ފެނުނު ހުރިހާ ތަކެއްޗަކީ ހަމަ މި މައްސަލައިގާ ހައްޔަރުކޮށްފައިވާ ގ. މޫންލައިޓްވިޔު މުޙައްމަދު ޢުމައިރުގެ ތަކެތި ކަމަށް އުމައިރު ވަނީ ބުނެފައެވެ. މާޝާ ބަންދުކޮށްފައި ވަނީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ކަމަށް ޤާޟީ ޢަލީ ނަދީމް ނެރުއްވި އަމުރުގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް