ކުރީގެ ހޯމް މިނިސްޓަރު އަދި އިދިކޮޅު ސިޔާސީ އެކްޓިވިސްޓް އުމަރު ނަސީރު މިރޭ ސަލްސާ ރޯޔަލްގައި ބާއްވަން އުޅޭ ޖާފަތް ހުއްޓުވާނެ ކަމަށް އެއްވެސް އިރެއްގައި ފުލުހުން ބުނެފައިނުވާނެ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން މިރޭ މިހެން ބުނެފައިމިވަނީ އެ ޖާފަތް ހުއްޓުވަން ފުލުހުން ބުނެފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނިކޮށެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ "މިރޭގެ ޖަލްސާ ފުލުހުން ހުއްޓުވާނެ ކަމަށް އެއްވެސް އިރެއްގައި ބުނެފައެއް ނުވާނެ ވާހަކަ ދަންނަވާ" ކަމަށެވެ.
އިތުރަށް ބުނެފައިވަނީ މިރޭ 21:00ގައި ސަލްސާ ރޯޔަލްގައި އުމަރު ނަސީރު ޖަލްސާއެއް ބާއްވަން އުޅުއްވާ ކަމެއް ފުލުހުންނަށް އުމަރު ފަރާތްޕުޅުން އަންގާފައި ނުވާ ކަމަށެވެ.
"ސިޔާސީ އެއްވުން ބާއްވާކަން އެނގުމުން ފުލުހުން އެކަންތަކުގެ ސެކިއުރިޓީ އަދި ގާނޫނީ ޒިންމާ ނަންގަވާ ފަރާތާއި ކޯޑިނޭޓް ކުރުމަށް ބައްދަލުކުރޭ" ފުލުހުން ބުނެފައިވެއެވެ.
އުމަރު ނަސީރު ކުރިން ބާއްވަން އުޅުނީ ޖަލްސާއެކެވެ. ނަމަވެސް މިހާރު އެ ޖަލްސާ ވަނީ ޖާފަތަކަށް ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް