އެމްއެމްއޭގެ ގަވަރުނަރު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު އިސްތިއުފާ ދެއްވައިފިއެވެ. ނަސީރު އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާ...

24 Jul 2019 | 07:03

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު އިސްތިއުފާ ދެއްވައިފިއެވެ.

ނަސީރު އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ރައީސް އޮފީހަށް އިސްތިއުފާގެ ސިޓީ އެއް ލިބިފައިވާކަން އެނގިވަޑައިނުގަންނަވާކަމުގައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ މައްސަލާގައި ދާދި ފަހުން ނަސީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށްފައެވެ. މީގެއިތުރުން، ދެ ފަހަރެއްގެ މަތިން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވެސް ނަސީރު ވަނީ ހާޒިރުކޮށްފަ އެވެ. އެއީ އެމްއެމްއޭގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓު ގެ ކުރީގެ ވެރިޔާ އަހްމަދު އަޝްރަފު، ނަސީރަށް ކުރެއްވި ތުހުމަތުތަކާއި ގުޅިގެންނެވެ.

ނަސީރު އެމްއެމްއޭގެ ގަވަރުނަރު ކަމުން އިސްތިއުފާ ދެއްވި ކަމަށް އިތުބާރު ހިފޭ ފަރާތަކުން ދުވަހަށް ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް