ގދ.ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް، އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ޖޭއެސްސީ އިން މިއަދު މިކަން ހާމަކޮށްފައިވަނީ ޓްވީޓަކުންނެވެ. މިއީ ފިފަދަ ސުލޫކީ މައްސަލައެއް ޖޭއެސްސީ އިން މަޖިލީހަށް ފޮނުވި ފުރަތަމަ ފަހަރެވެ.
https://twitter.com/MaldivesJSC/status/1142993314565820416
2016 ވަނަ އަހަރުގެ މާރޗް މަހު އިބްރާހިމް ރަޝީދު ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. އެހެން ނަމަވެސް ހައި ކޯޓުގެ އަމުރެއްގެ ދަށުން ވަނީ ދޫކޮށްލާފައެވެ. ހަމަ އެއަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް އިބްރާހިމް ރަޝީދު ހުރީ ފަނޑިޔާރު ކަމުން ސަސްޕެންޑް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް