ކުޑަ އިންޓަރެސްޓް ރޭޓުގައި ސްޓޫޑެންޓް ލޯނު ދެއްކުމުގެ ކަންކަން މި އަހަރުގެ ޖުލައި މަހުގެ ކުރިން ހަމަޖެހޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ތިން ޕަސެންޓަށް ލޯނުގެ އިންޓަރެސްޓް ކުޑަކޮށް، އައު އުސޫލުގެ ތެރެއިން އެކަން ހަމަ ޖައްސަމުން އަންނަ ކަމަށާއި މި މަސައްކަތް ކުރަމުން އަންނަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފިނޭންސް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން ގުޅިގެން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒަބީހް ވިދާޅުވިއެވެ.
ޒަހީބް ވިދާޅުވީ، ލަސްތަކެއް ވެގެން އަންނަނީ ލީގަލް ކަންތައްތަކެއް ހުރުމުން ކަމަށާއި، ނަމަވެސް ޖުލައި މަހުގެ ކުރިން އިންޓަރެސްޓް ކުޑަ ލޯނުގެ ކަންކަން ހަމަޖެހިގެންދާނެކަމަށެވެ.
އެ ކަންތައް ފުރިހަމަ ކޮއްފައިވާކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ. އަދި އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި އިއުލާނު ކުރުމުން ކަމަށް ވިދާޅުވެފައި ވީނަމަވެސް އިންޓަރެސްޓް ކުޑަނުވުމުން އެކަމުގެ ޝަކުވާ ބައެއް ދަރިވަރުން ކުރެ އެވެ.
ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން މީގެ ކުރިން ލޯނު ދޫކުރީ ފަސް ޕަސެންޓުގެ އިންޓަރެސްޓު ރޭޓުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް