ނަޖިސް އުފެދިފައިވުމުގެ ސަބަބުން މިދިޔަ މަހު ފަހުކޮޅުން ފެށިގެން ބަންދުކޮއްފައިވާ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު އާންމުންނަށް ހުޅުވާލައިފިއެވެ.
މީގެ ދެ ދުވަސް ކުރިން ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ހުޅުވާލާފައިއެވަނީ އެޗްޕީއޭގެ ކްލިއަރެންސް ލިބިގެންކަމަށް ޑެޕިއުޓީ މޭޔާރ ޝަމާއު ޝަރީފް ވިދާޅުވިއެވެ.
ރަސްފަންނު ސަރަހައްދުގެ މޫދަށް ނަޖިސް ވަދެފައިވަނީ ކިހިނެއްކަން ސިޓީ ކައުންސިލުން ހާމަ ކޮއްފައިނުވި ނަމަވެސް، އެޗްޕީއޭ އިން ކުރި ތަހުލީލުތަކުން، އެ ސަރަހައްދުގެ ލޮނުގަނޑުގައި ނަޖިސް ނެތްކަން ކަށަވަރު ކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ލޮނުގަނޑުގެ ފެން ނަގައިގެން ޓެސްޓް ކުރަމުން ދަނިކޮށްވެސް ނަޖިސް ލެއްގި ކަމަށާއި، ވެސްޓު ޕާކް ރެސްޓޯރަންޓު ކުރިން ހިންގި ދިމާލުން މޫދަށް ގުޅާފައި އޮންނަ ނަޖިސް ހޮޅިއަކުން ނަޖިސް ލީކުވުމާ ގުޅިގެން ރަސްފަންނު ސަރަހައްދުގެ މޫދުން ކުރިން ވެސް ގިނަ އަދަދަކަށް ނަޖިސް ފެނިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އަދި މިހާރު އެކަން ވަނީ ހައްލު ކޮއްފައިކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ. ނަމަވެސް ހައްލުކޮއްފައިވަނީ ކިހިނެއް ކަމެއް އަދި ވިދާޅެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް