ބޯޑަރު ރައްކާތެރި ކުރުމުގެ ގޮތުން ޕްރޮގްރާމް އެއް ފަށައިފި

ރާއްޖޭގެ ބޯޑަރު ރައްކާތެރި ކުރުމާ ގުޅޭގޮތުން ވޯކްޝޮޕެއް ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ "ބޯޑާ ސެކިޔުރިޓީ ، ފްރޮޑިއުލަންޓް އައިޑެންޓިޓީސް އެންޑް ޑޮކިޔުމެންޓް ސެކިޔުރިޓީ ޓްރެއިނިން ޕްރޮގްރ...

24 Mar 2019 | 07:01

ރާއްޖޭގެ ބޯޑަރު ރައްކާތެރި ކުރުމާ ގުޅޭގޮތުން ވޯކްޝޮޕެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ "ބޯޑާ ސެކިޔުރިޓީ ، ފްރޮޑިއުލަންޓް އައިޑެންޓިޓީސް އެންޑް ޑޮކިޔުމެންޓް ސެކިޔުރިޓީ ޓްރެއިނިން ޕްރޮގްރާމް" ގެ ނަމުގައެވެ. އަދި މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން މިއަދު ކަސްޓަމްސް ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

މި ޕްރޮގްރާމަކީ އޭވިއޭޝަން ދާއިރާއާއި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން، މި ޕްރޮގްރާމުގައި އިމިގްރޭޝަނާއި ކަސްޓަމްސްއާއި ފުލުހުންނާއި އެމްއެންޑީއެފް، އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑް، އެއާޕޯޓްސް ކޮމްޕެނީ އަދި ކަރެކްޝަންސްގެ ފަރާތުން މި ތަމްރީނުގައި ބައިވެރިވެއެވެ.

މި ޕްރޮގްރަމުގެ މަގުސަދަކީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލްކަން އިތުރުކޮށް ބޯޑަރުގެ ސަލާމަތްތެރިކަން އިތުރުކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް