އިންޑިއަން އައިޑޯލް 11 ކާމިޔާބު ކުރީ ސަނީ ހިންދުސްތާނީ

އިންޑިއާގެ ސޮނީ ޓީވީން ދައްކާ "އިންޑިއަން އައިޑޮލް" ގެ11 ވަނަ ސީޒަންގެ އެއްވަނަ ސަނީ ހިންދުސްތާނީ ހޯދައިފި އެވެ ރޭ ބޭއްވި ފައިނަލްގައި އޭނާ އެއް ވަނަ ހޯދީ ދެ ފިރިހެން ބައިވެރިންނާ އަންހެން ބައިވެރިއަކ...

24 Feb 2020 | 02:11

އިންޑިއާގެ ސޮނީ ޓީވީން ދައްކާ "އިންޑިއަން އައިޑޮލް" ގެ11 ވަނަ ސީޒަންގެ އެއްވަނަ ސަނީ ހިންދުސްތާނީ ހޯދައިފި އެވެ

ރޭ ބޭއްވި ފައިނަލްގައި އޭނާ އެއް ވަނަ ހޯދީ ދެ ފިރިހެން ބައިވެރިންނާ އަންހެން ބައިވެރިއަކާ ވާދަކޮށްގެންނެވެ. ގިނަ ބައެއްގެ ހިތް ދަމައިގެންނަ ގޮތަށް ލަވަތައް ހުށަހަޅައިދިން ސަނީ އައިޑޮލްގެ ސްޓޭޖުގައި ވިދާލީ ނުސްރަތު ފަތެހް އަލީގެ ލަވަތައް ކިޔައިގެންނެވެ.

މުބާރާތުން އެއްވަނަ ލިބުމުން ސަނީއަށް އިނާމުގެގޮތުގައި ޓްރޮފީ އާއި އެކު25 ލައްކަ ރުޕީސް ލިބުނެވެ. އަދި ކާރަކާއި ޓީސީރީޒް އިން ދެން އެންމެ އަވަހަށް ނެރޭ ފިލްމަކަށް ލައެއް ކިޔުމުގެ ފުރުސަތު ލިބުނެވެ.

މުބާރާތުން ދެވަނައަށް ދިޔައީ ރޯހިތް އެވެ. ތިން ވަނައަށް ދިޔައީ އަންކޮނާ އެވެ.

އިންޑިއަން އައިޑޮލްގެ މި ސީޒަން ނިންމާލާފައި މިވަނީ ސީޒަން ދިގު ކުރާ ކަމަށް ބުނެ މީޑިއާގައި ވާހަކަ ދެކެވެމުންދަނިކޮށެވެ. މި ސީޒަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް