އީސީގެ މެމްބަރުކަމަށް 16 ފަރާތަކުން ކުރިމަތި ލައިފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 16 ފަރާތަކުން އެ މަޤާމަށް ކުރިމަތިލައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ވިދާ...

24 Feb 2019 | 10:04

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 16 ފަރާތަކުން އެ މަޤާމަށް ކުރިމަތިލައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ވިދާޅުވިގޮތުގައި، މިދިޔަ ހަފްތާގެ ބުދަ ދުވަހަށް މި ފުރުޞަތު ހަމަވިއިރު 16 ފަރާތަކުން އެ މަޤާމަށް ކުރިމަތިލާފައިވާ ކަމަށެވެ. އެހެންކަމުން މި މަސް ނިމުމުގެ ކުރިން މަޖިލީހަށް އެ ނަންތައް ދިރާސާ ކުރުމަށާއި އެ ނަންތަކާއި މެދު ގޮތެއް ނިންމުމަށް ހުށަހަޅާނެ ކަމަށްވެސް ޙޫދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލައިފައި މިވަނީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި އިޞްމާޢީލް ޙަބީބުގެ މެންބަރުކަމުގެ މުއްދަތު އަންނަ މަހުގެ 13ވަނަ ދުވަހަށް ހަމަވާތީއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރަކަށް ކުރިމަތިލައްވާ ބޭފުޅަކީ 25 އަހަރު ފުރި، ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި އޭނާއަކީ މުސްލިމަކަށް ވާންޖެހޭނެ ކަމަށާއި އެއީ ދިވެހި ރައްޔިތަކަށްވެސް ވާންޖެހޭނެ ކަމަށް އީސީގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް