ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ އެ ޕާޓީގެ މުއައްސިސު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް ދެއްވާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ހުއްދަ ދީފައިމިވަނީ އެ ޕާޓީ އުފައްދަން އީސީން ހުއްދަ ނުދީ އެ ޕާޓީ އުފައްދަން ހުށަހެޅި ފޯމުތައް އީސީން ބާތިލުކުރަމުން އަންނަކަމަށްބުނެ ޝަކުވާ ބޮޑުވެ މައްސަލަ ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް