ރާއްޖެގައި ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އަށް ބަދަލުގެނައުމަށް އިސްލާހު ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެވޭ ޝަރުތުތަކުގެ ތެރެއަށް ކުރިން ދިވެހި ރާއްޖޭގެ ރައީސްކަން ކުރުއްވާފައި ނުވާ ބޭފުޅަކަށް ވުން އިތުރުކުރުމަށް، އިސްލާހު ހުށައަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި، ދިއްދޫ ދާއިރާގެ މެމްބަރު ވަނީ ރައްޔިތުންގެ މަޖިލީހަަށް އިސްލާހެއް ހުށައަޅާފައި ކަމަށާއި، އަދި އެ އިސްލާހަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަން ނުކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުން ކަމަށެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އެ އިސްލާހު މަޖިލީހަށް ހުށައަޅާފައި ވާއިރު، ކުރީގެ ދެ ރައީސުންް ކަމަށްވާ ޔާމީން އަދި ނަޝީދުވެސް ދަނީ މަޖިލީހުގައި ވާދަކޮށްފާނެ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް