އުމުރުން 21 އަހަރުގެ އުންމީދީ މިޑްފީލްޑަރަށް ބާސާއިން 75 މިލިޔަން

އުމުރުން އެންމެ 21 އަހަރުގައި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ އަޔަކްސްގެ ޒުވާން، އުންމީދީ މިޑްފީލްޑަރ ފްރެންކީ ޑި ޖޮން ގެ ސޮއި 75 މިލިޔަން ޔޫރޯއަށް (65 މިލިޔަން ޕައުންޑް/ 85 މިލިޔަން ޑޮލަރ) ސްޕެއިންގެ ...

24 Jan 2019 | 03:12

އުމުރުން އެންމެ 21 އަހަރުގައި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ އަޔަކްސްގެ ޒުވާން، އުންމީދީ މިޑްފީލްޑަރ ފްރެންކީ ޑި ޖޮން ގެ ސޮއި 75 މިލިޔަން ޔޫރޯއަށް (65 މިލިޔަން ޕައުންޑް/ 85 މިލިޔަން ޑޮލަރ) ސްޕެއިންގެ ބާސެލޯނާއިން ހޯދައިފިއެވެ.

ބާސެލޯނާއިން އަނެއްކާ ވެސް ޒުވާން އުންމީދީ ކުޅުންތެރިއެއް ހޯދިއިރު، މިއީ މި ޓްރާންސްފާ ވިންޑޯގައި ބާސެލޯނާއިން ގަން 3 ވަނަ ކުޅުންތެރިޔާއެވެ. ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީން ފްރެންކީ ހޯދަން ފައިވިއްދާފައި ތިއްބާ، ބާސާއިން ފްރެންކީއާއެކު 5 އަހަރުގެ އެއްބަސްވުމެއް ގާއިމްކޮށްފައިވާއިރު، އޭނާ ބާސާއާ ގުޅޭނީ އަންނަ ޖޫން މަހުގައެވެ.

ފްރެންކީ ބާސާއާ ގުޅުމާއެކު އެ ކްލަބްގެ ރައީސް ބުނެފައިވަނީ "ފްރެންކީ ޑި ޖޮން ބާސާއަށް އައުމާއެކު، އެ ކްލަބްގެ ކުޅިވަރު ޕްރޮޖެކްޓަށް ޒުވާން ހުނަރާއި، ބާސާގެ ސްޓައިލް އިތުރުވެގެން ދާނެ" ކަމަށެވެ.

އަޔަކްސްއާއެކު ނެދަލޭންޑްގެ މި ކުޅުންތެރިޔާ މި ސީޒަންގެ މިހާތަނަށް ވަނީ 3 ލަނޑު ޖަހާ 1 އެސިސްޓް ހަދާފައެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ 7 އެސިސްޓް ހަދާފައެވެ. މެދުތެރެއަށް ހާއްސަ ކްރިއޭޓިވް މިޑްފީލްޑަރެއްގެ ގޮތުގައި ބޮޑަށް ބެލެވުނަސް، ފްރެންކީ ވަނީ އަޔަކްސްގެ ފަހަތުން ސެންޓަރ ބެކަށް ވެސް ކުޅެފައެވެ. އެެެހެންކަމުން، މިއީ ގިނަ މަގާމްތަކެއްގައި ރަނގަޅަށް ކުޅެވިދާނެ ކުޅުންތެރިއެއްކަން ވެސް ފާހަގަ ކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް