ގާސިމްގެ ގާތިލުގެ ވަނަވަރު ހާމަވެއްޖެ

ރަހުމް ކުޑަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފްވި މީހާގެ ވަނަވަރު ހާމަވެއްޖެއެވެ. އެ މީހަކީ ޅ. ހިންނަވަރު ބޮޑުހިޔާގޭ އުމުރުން 21 އަހ...

22 Dec 2019 | 19:30

ރަހުމް ކުޑަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފްވި މީހާގެ ވަނަވަރު ހާމަވެއްޖެއެވެ.

އެ މީހަކީ ޅ. ހިންނަވަރު ބޮޑުހިޔާގޭ އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދުކަން ހާމަވެފައިމިވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ އަމުރު އޮންލައިން ނޫސް "ސަން" ނޫހަށް ލިބުމާ ހަމައިންނެވެ.

އެގޮތުން ސަންގައި ރިޕޯޓްކޮށްފައިވާގޮތުގައި ކޯޓު އެ އަމުރުގައި ބުނެފައިވާގޮތުގައި އަދުހަމް ވަނީ ކުށަށް އިއުތިރާފުވެ ކަން ހިނގި ގޮތް ކިޔައިދީފައެވެ. ގާސިމް މަރާލި ކަމަށް އިއުތިރާފުގެ ބަޔާނުގައި ސޮއިކޮށްފައިވާކަމަށް އަމުރުގައި ބުނެފައިވާކަމަށްވެސް ސަންގައި ރިޕޯޓްކޮށްފައިވެއެވެ.

ހިންނަވަރުން މީހަކާ ހަވާލާދީ ސަންގައި ރިޕޯޓްކޮށްފައިވާގޮތުގައި އަދުހަމަކީ އަސްލު އައްޑޫއަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާ ހިންނަވަރަށް ހިޖުރަކުރީ އޭނާގެ މަންމަ ހިންނަވަރު މީހަކާ ކައިވެނި ކުރި ހިސާބުން ކަމާއި ބޮޑުހިޔާގެއަކީ އަދުހަމްގެ ދޮން ބައްޕަގެ ގެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ކުޑައިރުއްސުރެ އަދުހަމަކީ ކުށުގެ ވެށީގައި އުޅޭ މީހެއް ކަމާއި އެކި އެކި ކުށްކުށުގައި ފުލުހަށް ހާޒިރުކޮށްފައިވާކަމާއި ގްރޭޑު އަށަކަށްފަހު ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށްވެސް ހިންނަވަރުން މީހަކާ ހަވާލާދީ ސަންގައި ރިޕޯޓްކޮށްފައިވެއެވެ.

ގާސިމް މަރާލާފައިވަނިކޮށް ފެނިފައިވަނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ މަގެއްގެ މަތިންނެވެ. އެ ސަރަހައްދުގައި ގާސިމްގެ ކާރުވެސް އޮތެވެ. ކާރުގެ އިންޖީނު އޮތީ ސްޓާޓް ކޮށްފައެވެ. އަދި ކާޑުގެ ބޯޑުހުރީ ރަތްކޮށެވެ. ރަތް ބޯޑަކީ ދަތުރެއްގައި އުޅޭ ކަމުގެ ނިޝާނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް