ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމަށް އިބްރާހީމް އަޝްރަފް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމަށް މިއަދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭ...

23 Dec 2018 | 14:27

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމަށް މިއަދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ހެންވޭރު ރޭ، އިބްރާހީމް އަޝްރަފެވެ.

އިބްރާހީމް އަޝްރަފް މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ މިނިސްޓަރުގެ ނާއިބު ފެންވަރުގައެވެ.

ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމަށް އިބްރާހީމް އަޝްރަފް އައްޔަން ކުރައްވާފައިވާއިރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމަށްވެސް މިއަދު ބޭފުޅަކު ވަނީ އައްޔަން ކުރައްވާފައެވެ. އެގޮތުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މާފަންނު ސުހްރާ މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް