ދެމީހަކާއެކު ގެއްލިގެން ހޯދަމުންދިޔަ ޑިންގީއެއް ފެނިއްޖެ

ދެމީހުންނާއެކު ގެއްލިގެން ހޯދަމުން ދިޔަ ޑިންގީއެއް ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ދެމީހުންނާއެކު އއ. ތޮއްޑުއަށް ދަތުރުކުރި "ތުނޑި" ނަމަކަށް ކިޔާ ޑިންގީއެއް...

23 Dec 2018 | 10:34

ދެމީހުންނާއެކު ގެއްލިގެން ހޯދަމުން ދިޔަ ޑިންގީއެއް ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ދެމީހުންނާއެކު އއ. ތޮއްޑުއަށް ދަތުރުކުރި "ތުނޑި" ނަމަކަށް ކިޔާ ޑިންގީއެއްގެ ހަބަރެއް  ނުވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާކަމަށާއި އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 01:03ގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މީހުންނާއެކު ސަލާމަތުން ޑިންގީ ވަނީ އުކުޅަހަށް ވަދެފައިކަމަށާއި އެކަން ރިޕޯޓްކުރީ ހަބަރެއް ނުވެގެން ލަސްވީމަ ކަމަށެވެ. އަދި މި ޑިންގީ އުކުޅަހަށް ވަދެފައިވަނީ މިއަދު މެންދުރުފަހު 02:55ގައި ކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ ދަތުރުގެ މިސްރާބު އޮޅިގެން ނަގިލި ލައިގެން ތިބިކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި އުކުޅަހަށް އެމީހުން ވަނީ އުކުޅަހުގެ އެންޓަނާ ފެނިގެން ކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް