އިމިގްރޭޝަންގެ ކޮންޓްރޯލަރު ކަމަށް ހަނަފީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް، މާފަންނު ސުހްރާ މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރައީސް އޮފ...

23 Dec 2018 | 07:45

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް، މާފަންނު ސުހްރާ މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި މުޙައްމަދު އަޙްމަދު ޙުސައިން މި މަޤާމަށް އައްޔަނު ކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓްގެ ފެންވަރުގައެވެ. މުޙައްމަދު އަޙްމަދު ޙުސައިނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އެ މަގާމަށް ހަނަފީ މިއަދު އައްޔަން ކުރައްވާފައިވާއިރު އެ މަގާމުގައި ކުރިން ހުންނެވި އަންވަރު މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް