ވީޑިއޯ: ރޭ ސުނާމީ އެރިއިރު އެއް ބަޔަކު ތިބީ ޕާޓީ ކުރަން

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިޔާގެ ސުމަތުރާއަށް އެރި ސުނާމީގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު ރޭގައި އިންޑޮނޭސިޔާގެ ސުމަތުރާއަށް އެރި ސުނާމީގައިވެސް އެތައް ބަޔަކު...

23 Dec 2018 | 07:31

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިޔާގެ ސުމަތުރާއަށް އެރި ސުނާމީގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު ރޭގައި އިންޑޮނޭސިޔާގެ ސުމަތުރާއަށް އެރި ސުނާމީގައިވެސް އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ރޭގައި އެރި ސުނާމީގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ސުމަތުރާ ގޮނޑުދޮށެއްގައި ބާއްވަމުންދިޔަ މިއުޒިކް ޝޯއެއްގެ ތެރެއަށް ސުނާމީގެ ބިޔަ ރާޅުތައް ބިންދާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ މިވަނީ އާންމުވެފައެވެ.

އެ ވީޑިއޯއިން ފެންނަނީ ޕީއެލްއެން ނަމަކަށް ކިޔާ އެގައުމުގެ ބޮޑު ކުންފުންޏަކުން އައު އަހަރު ފާހަގަކުރުމަށް ބޭއްވި މިއުޒިކް ޝޯއެކެވެ. ޝޯ ކުޅެމުން ދިޔައީ އެގައުމުގެ ބޭންޑަކުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ސީދާ ސުނާމީގެ ރާޅު އަރައިގެން އައީ ސްޓޭޖާއި ދިމާލުންނެވެ.

https://twitter.com/SukmaHapsari/status/1076667748896260096

އެ ސަރަހައްދުންވެސް 10 ވަރަކަށް މީހުން މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު މި ސުނާމީގައި މިހާތަނަށް 60 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މި ސުނާމީގައި އެ ބޭންޑުގެ ޑްރަމަރު މަރުވެފައިވާއިރު ބޭންޑުގެ އިތުރު މެމްބަރަކު ވަނީ ގެއްލިފައެވެ.

https://www.instagram.com/p/BrtX9T6Bjc3/?utm_source=ig_embed

ބޭންޑުގެ ލީޑަރު އިންސްޓަ ކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ކަރުނަ ފޮހެލާފައި އޭނާގެ އަންހެނުން ހެޔޮ ހާލުގައި ވުމަށް ދުއާކުރާ މަންޒަރު ދައްކާފައިވެއެވެ.

ރޭ އިންޑޮނޭޝިޔާއަށް ސުނާމީ އަރާފައިވަނީ އަލިފާން ފަރުބަދައެއް ގޮވައި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް