އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން އަންވަރު އިސްތިއުފާ ދެއްވައިފި

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން މުހައްމަދު އަންވަރު އިސްތިއުފާ ދެއްވައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަންވަރު އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއ...

23 Dec 2018 | 05:56

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން މުހައްމަދު އަންވަރު އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަންވަރު އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައިވަނީ މިއަދު އެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އިމިގްރޭޝަނުން ބުނެފައިވަނީ ކޮންޓްރޯލަރު ކަމުން އަންވަރު އިސްތިއުފާ ދެއްވާފައިވާކަމަށާއި ނަމަވެސް އިސްތިއުފާ ރައީސް ގަބޫލުފުޅުކުރެއްވިކަން ކަށަވަރު ނުވާކަމަށެވެ.

އަންވަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަމަށް ހޮވި ވަޑައިގަތް ދުވަހުން ފެށިގެން އަންވަރު އޮފީހަށް ނިކުމެވަޑައިގެންފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް