މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާފުޅި ތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ސަފާރީއަކުން ހުޅުމާލެއަށް ބަނގުރާ އެތެރެކުރަންއުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި، ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުންނާއި އަދި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ޑިސެމްބަރ 21ވަނަ ދުވަހުގެ 12:55 ހާއިރު ހިންގި މިއޮޕަރޭޝަންގައި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މިމީހާ ދުއްވަމުންދިޔަ ކާރު ބަލައިފާސްކުރިއިރު، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 33 ފުޅި ފެނިފައިވާކަމަށާއި މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުން ކަމުގައި ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް