އިންޑޮނޭސިޔާއަށް އެރި ސުނާމީއެއްގައި ސާޅީހަށްވުރެ ގިނަ މީހުން މަރުވެއްޖެ

އިއްޔެގެ ވަގުތެއްގައި އިންޑޮނޭޝިޔާގެ ޖާވާ އަދި ސުމަތްރާއަށް އެރި ސުނާމީގައި 43 މީހަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވެއްޖެއެވެ. މި ސުނާމީ އަރާފައިވަނީ ކްރަކަޓާއޫ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުނ...

23 Dec 2018 | 03:24

އިއްޔެގެ ވަގުތެއްގައި އިންޑޮނޭޝިޔާގެ ޖާވާ އަދި ސުމަތްރާއަށް އެރި ސުނާމީގައި 43 މީހަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވެއްޖެއެވެ.

މި ސުނާމީ އަރާފައިވަނީ ކްރަކަޓާއޫ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ކަމުގައި އޮފިޝަލުން ބުނެފައިވެއެވެ. އެ އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި 584 މީހަކު ޒަހަމްވެ ރިޕޯޓްކޮށްފައިވެއެވެ. އެތައް ސަތޭކަ ގެއެއް ހަލާކުވެފައިވެއެވެ.

ސުނާމީ އެރުމާއި ގުޅިގެން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެ ގައުމުގެ ޑިޒާސްޓަރ މައިގްރޭޝަން އެޖެންސީގެ ވެރިޔާ އެންދާން ޕަރުމާނާ ބުނެފައިވާގޮތުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު އެތައް ބަޔަކު ގެއްލިފައިވާކަމުގެ ރިޕޯޓްވެސް ލިބެމުން އަންނަ ކަމަށެވެ.

އެ އެޖެންސީން ބުނެފައިވާގޮތުގައި އަލިފާން ފަރުބަދަ ގޮވައި ބިންގަނޑު ކެނޑުމުގެ ސަބަބުން އުފެދުނު ސުނާމީގެ ރާޅުތައް އަދިވެސް އައުން އެކަށީގެންވާތީ އެ ސަރަހައްދުގެ ގޮނޑުދޮށާ ގާތަށް ނުދިއުމަށް އަންނަނީ އިލްތިމާސް ކުރަމުންނެވެ.

މި ސުނާމީގައި އެތައް ބަޔަކު މަރުވެފައިވާއިރު 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ގައި ސުމަތުރާއަށް އެރި ބިންހެލުމަކާއި ގުޅިގެން އުފެދުނު ސުނާމީއެއްގައި ދުނިޔޭގެ 13 ގައުމަކުން ދެ ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް