ލޯނެއް ނުދައްކައިގެން އަރުޖުން ރާމްޕާލާ ދެކޮޅަށް ދައުވާ ކުރަނީ

ބޮލީވުޑް ފިލްމީ ތަރި، އަރްޖުން ރާމްޕާލް ނަގާފައިވާ ލޯނެއް ނުދައްކައިގެން އޭނާ އާއި ދެކޮޅަށް ދައުވާ ކުރުމަށް އެ ލޯނު ދިން ކުންފުނިން ނިންމައިފިއެވެ. ވައި ޓީ އެންޓަޓެއިންމެންޓް ނަމަކަށް ކިޔާ އެ ކުންފުނި...

23 Dec 2018 | 02:35

ބޮލީވުޑް ފިލްމީ ތަރި، އަރްޖުން ރާމްޕާލް ނަގާފައިވާ ލޯނެއް ނުދައްކައިގެން އޭނާ އާއި ދެކޮޅަށް ދައުވާ ކުރުމަށް އެ ލޯނު ދިން ކުންފުނިން ނިންމައިފިއެވެ.

ވައި ޓީ އެންޓަޓެއިންމެންޓް ނަމަކަށް ކިޔާ އެ ކުންފުނިން ބުނެފައިވަނީ މި އަހަރުގެ މެއި މަހުގެ 09 ވަނަ ދުވަހު، 90 ދުވަހުގެ ތެރޭގައި ދައްކާގޮތަށް އަރްޖުން ރާމްޕާލް ނެގި ލޯނެއް ނުދައްކާ އޮތުމުން އިންޓްރެސްޓާއެކު މިހާރު ދައްކަންޖެހޭ އަދަދު އެއް ކަރޯޑު ރުޕީސް އަށް އަރާ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ލޯނު ދިން އެ ކުންފުންޏަކީ ފިލްމީ ތަރިންގެ މަސައްކަތްތަކަށް ހަރަދު ކުރާ ކުންފުންޏެކެވެ. އަދި މިހާރުވެސް އެ ކުންފުނިން އަންނަނީ ބައެއް ފިލްމުތަކަށް ފަންޑު ކުރަމުންނެވެ. އެ ކުންފުނިން ފަންޑު ކުރަނީ ފިލްމު ނެރެގެން ލިބޭ އާމްދަނީން ޕަސެންޓޭޖެއް އެ ކުންފުންޏަށް ލިބޭ ގޮތަށެވެ.

މި މައްސަލައިގާ އަރުޖުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް