ސޫރަޖް ޕަންޗޯލީ އެނބުރި ޓްވިޓާއަށް އަތުވެއްޖެ

ބޮލީވުޑް ތަރި ސޫރަޖް ޕަންޗޯލީ ގިނަ ދުވަސްތަކަކަށްފަހު ޓްވިޓާ އަށް އެނބުރި އަތުވެއްޖެއެވެ. އެގޮތުން އޭނާގެ އައު ޓްވިޓާ ހޭންޑަލުން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޓްވިޓާއަށް އެނބުރި މިއައީ ހ...

23 Dec 2018 | 02:24

ބޮލީވުޑް ތަރި ސޫރަޖް ޕަންޗޯލީ ގިނަ ދުވަސްތަކަކަށްފަހު ޓްވިޓާ އަށް އެނބުރި އަތުވެއްޖެއެވެ.

އެގޮތުން އޭނާގެ އައު ޓްވިޓާ ހޭންޑަލުން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޓްވިޓާއަށް އެނބުރި މިއައީ ހިތްހަމަޖެހުމާއެކު ކަމަށާއި އެންމެން މަތިން ވަރަށް ހަނދާންވާކަމަށެވެ.

https://twitter.com/Sooraj9pancholi/status/1076386000551596032

2015ގައި ނިކުތް ފިލްމު "ހީރޯ" އިން އާންމުންގެ މަގްބޫލުކަން ހޯދި ސޫރަޖް ޕަންޗޯލީ 2017 ވަނަ އަހަރު ޓްވިޓާ ދޫކޮށްލީ ކަންގަނާ ރަނާވަތުގެ އުނދަގޫ ބޮޑުވުމުންނެވެ. ކަންގަނާ އޭރު ތުހުމަތު ކުރީ ސޫރަޖް ޕަންޗޯލީގެ ބައްޕަ އަދިތުޔަ ޕަންޗޯލީ ކަންގަނާއަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. އެއާއެކު ކަންގަނާގެ ފޭނުން ސޫރަޖާއި ޓްވިޓާއިން ދިމާކޮށްލިއެވެ.

ސޫރަޖް ޕަންޗޯލީ މިހާރުވެސް އަންނަނީ ބައެއް ފިލްމު ތަކުގެ މަސައްކަތް ކުރަމުންނެވެ. އަދި ދާދި ފަހުން ޖެކޮލިން ފަނޭންޑަޒް އާއެކު ކުޅެފައިވާ ލަވަ "ޖީއެފް ބީއެފް" އަށްވެސް ވަނީ ބޮޑު މަގްބޫލުކަމެއް ލިބިގެންގޮސްފައެވެ.

https://www.youtube.com/watch?v=6CVVd9RB7CI

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް