އަންހެންކުއްޖަކު ބުނި ބަދުބަހަކަށް ބަރުދަނުން 24 ކިލޯ ލުއިކޮށްލި ޒުވާނެއް

ނަމަކީ ނަލިން އެސް މަހެންދުރޫއެވެ. އިންޑިއާއަށް އުފަން މި ޒުވާނާގެ އުމުރަކީ 23 އަހަރެވެ. މީގެ ހަ މަސް ކުރިން ނަލިންގެ ބަރުދަނަކީ 109 ކިލޯ ކަމުގައިވީނަމަވެސް މިހާރު އޭނާގެ ބަރުދަނަކީ 85 ކިލޯ އެވެ. އެން...

23 Dec 2018 | 00:54

ނަމަކީ ނަލިން އެސް މަހެންދުރޫއެވެ. އިންޑިއާއަށް އުފަން މި ޒުވާނާގެ އުމުރަކީ 23 އަހަރެވެ.

މީގެ ހަ މަސް ކުރިން ނަލިންގެ ބަރުދަނަކީ 109 ކިލޯ ކަމުގައިވީނަމަވެސް މިހާރު އޭނާގެ ބަރުދަނަކީ 85 ކިލޯ އެވެ. އެންމެ ހަ މަސް ތެރޭގައި ނަލިންގެ ބަރުދަނުން 24 ކިލޯ ލުއިކޮށްލީ އޭނާ ގަޔާވި އަންހެންކުއްޖަކު އޭނާއަށް ނިސްބަތްކޮށް ބުނި ބަދުބަހަކުންނެވެ.

ޓައިމްސް އޮފް އިންޑިއާއަށް މައުލޫމާތު ދެމުން ނަލިން ބުނެފައިވާގޮތުގައި ލޯބިވެރިއެއްގެ ގައިގާ ރީތި ސިފަ އަކާއި މުއްސަނދިކަން ހުރުން މަޖުބޫރުކަމަށް އެ އަންހެންކުއްޖާ ނަލިން އާއި ދިމާއަށް ބުންޏެވެ. އަދި ނަލިން ފަލަ ވާހަކަވެސް ސީދާ ދިމާއަށް ބުނިކަމަށްވެއެވެ.

ނަލިން ހިކެން އަޒުމް ކަނޑައެޅީ ސިފަ އަކީ ބަދަލުގެނެވޭ އަދި ފައިސާއަކީ ހޯދީމަ ލިބޭއެއްޗެއްކަން ސާބިތުކޮށްދިނުމަށް ކަމުގައި ނަލިން ބުނެފައިވެއެވެ.

އޭނާ ބުނެފައިވާގޮތުގައި ހިކެން ކުރި މަސައްކަތުގައި ހޭދަވި ހަ މަސް ދުވަހު ކެއުން ވަކި ގޮތަކަށް ބައްޓަން ކުރިއެވެ. އަދި ކަސްރަތަށް ފަރުވާތެރިވިއެވެ.

ނަލިން ބުނެފައިވާގޮތުގައި އެ މުއްދަތުގައި ހެނދުނުގެ ނާސްތާއަށް އޭނާ ކެއީ ކެއްކި ތަރުކާރީއެވެ. ބުއީ ލޯފެޓް މިލްކެވެ. މެންދުރުގެ ނާސްތާއަށް ފެނުކެއްކި ކުކުޅުމަސް ނުވަތަ މަޓަން ނުވަތަ ތަރުކާރީއެވެ. މޭވާއާއި ބަތް ތައްޓަކާއި ސެލެޑު ތައްޓެކެވެ. ރޭގަނޑު ފުއްދާލަނީ ހަމަ އެކަނި ސޫޕުންނެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކު މަދުވެގެން 30 މިނެޓް އޭނާ ކަސްރަތު ކުރެއެވެ. ކުރާ ކަސްރަތުގެ ތެރޭގައި ހިމެނެނީ ދުވުމާއި ބައިސްކަލު ދުއްވުމެވެ. އެ ހަ މަސްދުވަހުގެ ތެރޭގައި ބޭރުން އެއްގޮތަކަށްވެސް ނުކެއުމަށް ހާއްސަ ސަމާލުކަމެއް ދިން ކަމަށް އޭނާ ބުނެފައިވެއެވެ.

ކުރިއަށް އޮތީ އައު އަހަރެއް ކަމުގައިވާއިރު ނަލިންގެ މި ވާހަކަ އަކީ އަންނަ އަހަރު ބަރުދަން ލުއިކޮށްލަން އަޒުމް ކަނޑައަޅާ ކުދިންނަށް ހިތްވަރަކަށް ވާނެކަން ޔަގީނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް