ފޯސީޒަންސް ކުޑަހުރާ ރިސޯޓުގެ ޖެޓީގައި ހަރުކުރި ބުދުތައް ނަގައިފި އެވެ. އެ ބުދުތައް ނަގާފައިވަނީ މި ބުދުތަކުގެ މައްސަލަ ހޫނުވެފައިވަނިކޮށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރިސޯޓަށް އަރަން އޮންނަ ފާލަމުގެ ދެ ފަރާތުގައި މަށިން ހަދާފައިވާ ދެ ބުދު ބަހައްޓާފައި ހުއްޓެވެ. ނަމަވެސް ފުލުހުން އެ މައްސަލަ ބެލުމަށް ދިޔަ އިރު އެ ބުދުތައް ހުރީ ނަގާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިސޯޓެއްގައި ބުދު ބެހެއްޓިކަމުގެ ޝަކުވާއެއް ފުލުހުންނަށް ހުށަހެޅި ކަމަށާއި ފުލުހުން ބެލި އިރު އެތަކެތި ނަގާފައިވާ ކަމަށެވެ. އެއީ ކޮން ރިސޯޓެއް ކަމެއްވެސް ފުލުހުން ނުބުނެ އެވެ.
ކުޑަހުރާ ރިސޯޓުގައި ހަރުކުރި ބުދުތައް ނަގާފައިވާއިރު 2014 ވަނަ އަހަރުގައި އައްޑޫ ސިޓީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބުދު ބެހެއްޓި އެވެ. އެކަމާ ދެކޮޅަށް ގިނަ ބަޔަކު ރާއްޖޭގައި މުޒާހަރާވެސް ކޮށްފައި ވެ އެވެ.
ކުޑަހުރާގައި ބުދުތައް ބެހެއްޓި ކަމަށްބުނާ މައްސަލައިގާ އެ ރިސޯޓުގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް