ފަލަސްތީނުގައި އަލް އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުން ތުރުކީގެ ހަތަރު މީހަކު ރަހީނު ކޮށްފި އެވެ. މި ހަތަރު މީހުން ރަހީނު ކޮށްފައިވަނީ އިޒްރޭލު ސިފައިންނެވެ.
މީޑީއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި މި ހަތަރު މީހުން ރަހީނު ކޮށްފައިވަނީ ތުރުކީއަށް ނިސްބަތްވާ ބޮޑު ގްރޫޕެއްގެ ތެރެއިންނެވެ. އެ މީހުންގެ ތެރެއިން ހަތަރު މީހަކު ރަހީނު ކޮށްފައިވާއިރު އިޒްރޭލު ސިފައިން އެމީހުން ހުއްޓުވައި ބަލައި ފާސްކޮށްފައިވަނީ އެމީހުން ލާފައި ތިބި ޔުނީފޯމެއްގެ ސަބަބުން ކަމުގައި ރިޕޯޓް ކޮށްފައިވެ އެވެ. އަދި ޔުނީފޯމު ބަދަލުކޮށްގެން ނޫނީ އަގްސާ މިސްކިތައް ނުވަދެވޭނެ ކަމަށް ސިފައިން ބުނުމުން އެމީހުން ގޮސް ޔުނީފޯމު ބަދަލުކޮށްގެން އަގްސާ މިސްކިތަށް ވަންނަން މަސައްކަތް ކުރި ކަމަށް ބުނެފައި ވެ އެވެ.
ނަމަވެސް އެމީހުން ޔުނީފޯމު ބަދަލުކޮށްގެން ދިއުމުންވެސް އަގްސާ މިސްކިތަށް ވަންނަން އުޅުމުން ދަތިތައް ކުރިމަތި ކުރުވައި އޭގެ ތެރެއިން ހަތަރު މީހަކު އިޒްރޭލު ސިފައިން ރަހީނު ކުރީ ކަމުގައިވެސް ރިޕޯޓް ކޮށްފައި ވެ އެވެ.
ތުރުކީއަށް ނިސްބަތްވާ ހަތަރު މީހަކު އިޒްރޭލު ސިފައިން ރަހީނު ކޮށްފައިވާއިރު ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަނެ އެކަން އިއުލާނު ކުރުމާއެކު އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު ވަނީ ގޯސްވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް