ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ތިން ދިވެހިންނާއެކު، ގދ ގައްދޫން ފުރައިގެން އެ އަތޮޅު ވާދޫ ކައިރީގައި އޮތް އުޅަނދަކަށް ދަތުރުކުރަމުން ދިޔަ ޑިންގީ އެ އަތޮޅު މަޑިހާ ކައިރިއަށް ބަންޑުން ޖަހާލީ އެރަށު ނެރު ކައިރިން ބާނިގަނޑެއްގައި ޖެހިގެން ކަމަށެވެ.
ޑިންޑީގެ ބަންޑުން ޖެހި ނަމަވެސް އޭގައި ތިބި ތިންމީހުން ވަނީ ސަލާމަތްވެފައި ކަމަށާއި އެމީހުންގެ ހާލުވެސް ރަނގަޅު ކަމުގައި އާޒިމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް