ހަ މަސްވެރިންނާއެކު އިންޖީނަށް މައްސަލައެއް ދިމާވެ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޔާ ދިޔަ ލަކްޕްރިޔާ އެކެއް ނަމަކަށް ކިޔާ މަސްބޯޓު ރާއްޖޭގެ ކޯސްޓްގާޑަށް ލޮކޭޓް ކުރެވިފައިވާކަމުގައި އެމްއެންޑީއެފުން ބުނެފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ބޯޓު ލޮކޭޓް ކުރެވިފައިވަނީ ނޫނު މަނަދޫ ބޭރުން މިއަދު ހެނދުނު 09:45ގައި ކަމަށެވެ. އަދި އެކަން ކޮލޮމްބޯއަށް އަންގާފައިވާކަމުގައިވެސް އާޒިމް ވިދާޅުވި އެވެ.
އެ ބޯޓު ލޮކޭޓް ކުރުމުގައި ރާއްޖޭގެ އެހީތެރިކަމަށް އިންޑިއާއިން އެދިފައިވަނީ އިއްޔެގެ ވަގުތެއްގައި އެވެ. އެ މަސް ބޯޓުގައި ހަ މަސްވެރިއަކު ތިބި އިރު އެ މަސްވެރިންގެ ހާލު ރަނގަޅު ކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް