ދުޅަހެޔޮ، ހަށިހެޔޮ ސިއްހަތެއްގެ ވެރިއަކަށް ވުމަށް ދުވުމަށާއި ހިނގުމަށް އާންމު މަގުތައް ހިޔާރު ކުރުމުގެ ބަދަލުގައި ހިޔާރު ކުރަންވީ ޕާކުތައް ފަދަ ތަންތަން ކަމުގައި އިނގިރޭސިވިލާތުގެ ޓީމަކުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ލަންޑަނުގެ، ކަމާއިބެހޭ މާހިރުންތަކެއް މި ދިރާސާ ހަދާފައިވަނީ އުމުރުން 60 އަހަރުން މަތީގެ ދެ ޖިންސު ހިމެނޭގޮތަށް 119 މީހަކު ބައިވެރިކޮށްގެންނެވެ. މި ބައިވެރިންގެ ތެރެއިން އެއް ބަޔަކު، ކަސްރަތަށް ހިނގުމުގައި ކާރުބާރު ބޮޑު މަގެއް ހިޔާރު ކުރި އިރު އަނެއް ބަޔަކު ހިޔާރުކުރީ ޕާކެކެވެ.
މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެންމެންގެ ސިއްހީ ހާލަތާއި އަންނަ ބަދަލުތައް މޮނީޓަރ ކުރަމުންނެވެ.
މި ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި ކާރުބާރުބޮޑު މަގެއްގައި ހިނގުމުން ނުވަތަ ދުވުމުން، ކަސްރަތަކުން ލިބެން ޖެހޭ ފައިދާ ވަރަށް ބޮޑަށް އުނިކޮށްދެ އެވެ. ސަބަބަކަށްވަނީ ވައި ތަގައްޔަރުވެފައި ވުމެވެ. އެހެންކަމުން މި ދިރާސާކުރި ޓީމުން އާހިރު ނަތީޖާއެއްގައި ގޮތުގައި ނިންމާފައިވަނީ ދުވުމަށާއި ކަސްރަތައް ހިނގުމުގައި ހިޔާރު ކުރަން އެންމެ ރަނގަޅީ ޕާކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް