ގެވެށި ފަރުވާ: ލޭ މައްޗަށް ދިއުން – މަތި ވަނީ ކިހާ މައްޗެއް ވުމުންކަން އެނގޭތަ !؟

ކުރުކޮށް ބުނާނަމަ ޑޮކްޓަރަކު ލޭގެ ޕްރެޝަރު ޗެކް ކުރާއިރު ދެ ފަހަރު ޓެސްޓް ކުރާނެ އެވެ. ހިތުގެ ތެރެއަށް ލޭ ޕަމްޕު ކޮށްލާ ވަގުތުގައްޔާއި ލޭ ބޭރުކޮށްލާ ވަގުތުގައި އެވެ. އިނގިރޭސި ބަހުން ނަމަ ކިޔައި އުޅެނ...

23 Dec 2017 | 01:46

ކުރުކޮށް ބުނާނަމަ ޑޮކްޓަރަކު ލޭގެ ޕްރެޝަރު ޗެކް ކުރާއިރު ދެ ފަހަރު ޓެސްޓް ކުރާނެ އެވެ. ހިތުގެ ތެރެއަށް ލޭ ޕަމްޕު ކޮށްލާ ވަގުތުގައްޔާއި ލޭ ބޭރުކޮށްލާ ވަގުތުގައި އެވެ. އިނގިރޭސި ބަހުން ނަމަ ކިޔައި އުޅެނީ "ސިސްޓޮލިކް ޕްރެޝަރ މެސަރ" އަދި "ޑަޔަސްޓޯލިކް ޕްރެސަރ މެސަރ" އެވެ.

ލޭގެ ޕްރެސަރުގައި މައްސަލައެއް ނެތްކަމަށް އާންމު ގޮތެއްގައި ބަލަނީ ސިސްޓޮލިކް ޕްރެސަރ ގައި ޕްރެސަރު 120 އެމްއެމްއެޗްޖީ (މިލިމީޓަރ އޮފް މާކިއުރީ) އަށްވުރެ ދަށް ނަމަ އެވެ. އަދި ޑަޔަސްޓޯލިކް ޕްރެސަރގައި ނަމަ ޕްރެސަރު 80 އެމްއެމްއެޗްޖީއަށްވުރެ ދަށް ނަމަ ބަލަނީ ލޭގެ ޕްރެސަރުގައި މައްސަލައެއް ނެތް ކަމަށެވެ. ލޭގެ ޕްރެސަރު "ނޯމަލް" ކަމަށެވެ.

ލޭގެ ޕްރެސަރު މަތި ކަމުގައި ބަލަނީ ސިސްޓޮލިކް ޕްރެސަރުގައި ނަމަ ޕްރެސަރު 140 އެމްއެމްއެޗްޖީ އަށްވުރެ މަތި ނަމަ އެވެ. އަދި ޑަޔަސްޓޯލިކް ޕްރެސަރުގައި ޕްރެސަރު 90 އަށްވުރެ މަތި ނަމަ އެވެ.

ނަމަވެސް 2015ގައި އެމެރިކާއިން ވަނީ މި މިންގަނޑުތަކަށް ބަދަލު ގެނެސްފައި އެވެ. އެމެރިކާއިން 2015 އިން ފެށިގެން ކަނޑައަޅާފައިވަނީ ލޭގެ ޕްރެސަރު މަތި ކަމުގައި ބަލާނީ ސިސްޓޮލިކް ޕްރެސަރުގައި ޕްރެސަރު 130 އަށްވުރެ މަތި ނަމަ އެވެ. އަދި ޑަޔަސްޓޮލިކް ޕްރެސަރުގައި ޕްރެސަރު 80 އަށްވުރެ މަތި ނަމަ އެވެ.

އެމެރިކާގެ، އެމެރިކަން ހާޓް އެސޯސިއޭޝަންގެ ގައިޑްލައިންސް އަށް މި ބަދަލު ގެނައި ނަމަވެސް ގިނަ ގައުމުތަކުން މި ބަދަލު މި ގޮތަށް ބަލައިގެންފައެއް ނުވެ އެވެ. ގިނަ ގައުމުތަކުން އަދިވެސް ބަލައިގަންނަނީ ކުރިން އެކަން އޮތް ގޮތަށެވެ. \

ލޭގެ ޕްރެޝަރާއިމެދު ކަންބޮޑުވާނަމަ ހަދާނީ ކިހިނެއް !؟

އާއިލާގައި މި ބަލީގެ ތާރީހެއް އޮތް ނަމަ، އަދި ލޭގެ ޕްރެޝަރާއި މެދު ކަންބޮޑުވެލައްވާނަމަ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރެއްގެ ލަފައާއި އެހީތެރިކަން ހޯދުމެވެ.

ލޭގެ ޕްރެޝަރު ދުޅަހެޔޮ މިންވަރެއްގައި ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންކަން.

ހަށިގަނޑުގެ ދުޅަހެޔޮ ކަމަކީ ލޭގެ ޕްރެޝަރާއި ގުޅުން ހުރި ކަމެކެވެ. އެހެންކަމުން ދުޅަހެޔޮ ހަށިގަނޑެއްގެ ވެރިއަކަށް ވުމަކީ ލޭގެ ޕްރެޝަރު އެކަށީގެންވާ މިނެއްގައި ބެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ.

ކަސްރަތު ކުރުމާއި ސިއްހަތު ރަނގަޅު ޑައިޓެއް ހިޔާރު ކުރުމާއި ކެއުމުގައި ސޯޑިއަމް ގިނަ ނުކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުވުމާއި ކޮފީ ބޯ އަދަދު މަދުކޮށްލުމަކީވެސް ލޭގެ ޕްރެޝަރު އެންމެ އެކަށޭނެ މިނެއްގައި ބެހެއްޓުމަށް ކުރެވިދާނެ ކަންކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް