ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

1436  ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޖުމުހޫރީ މައިދާނުގެ ބޮޑު ކޯއްޓޭއަށް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިއަދު ހެނދުނު ޖުމުހޫރީ މައިދާނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފު...

23 Dec 2014 | 06:12

1436  ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޖުމުހޫރީ މައިދާނުގެ ބޮޑު ކޯއްޓޭއަށް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ހެނދުނު ޖުމުހޫރީ މައިދާނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އުމަރު ނަޞީރެވެ.

މިރަސްމިއްޔާތުގައި ބޮޑު ކޯއްޓޭއަށް ދިދަ ނަންގަވައި ދެއްވީ އެމްއެންޑީއެފްގެ ދިދަ ބިސީގެ ސިފައިންނެވެ.

މިއަހަރުގެ ޤައުމީދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ އެކި މަރުކަޒުތަކުގައިވެސް ވަނީ ދިދަނެގުމުގެ ރަސްމިއްޔާތުތައް ބާއްވާފައެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ޖުމުހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރާއި ސިފައިންގެ ބައެއް އިސް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިންގެ އިތުރުން ފުލުހުންނާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް