އިޓާލިއަން ސުޕަރކަޕް: ޖުވެންޓަސް ބަލިކޮށް ނަޕޮލީއިން ތަށި އުފުލާލައިފި

އިޓާލިއަން ސުޕަރކަޕްގެ ފައިނަލް މެޗުގައި ޖުވެންޓަސް ބަލިކޮށް ނަޕޮލީއިން ތަށި އުފުލާލައިފިއެވެ. ގަތަރުގެ ދޯހާގައި ކުޅުނު މެޗު ނަޕޯލީން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ހަމަ...

23 Dec 2014 | 05:37

އިޓާލިއަން ސުޕަރކަޕްގެ ފައިނަލް މެޗުގައި ޖުވެންޓަސް ބަލިކޮށް ނަޕޮލީއިން ތަށި އުފުލާލައިފިއެވެ.

ގަތަރުގެ ދޯހާގައި ކުޅުނު މެޗު ނަޕޯލީން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ހަމަހަމަ ވެފައި އޮތުމުން ޕެނެލްޓީ ޖަހައިގެން 6-5 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 90 މިނެޓް ހަމަވިއިރު ސްކޯރ އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާ އަކުންނެވެ. މެޗުގެ 5 ވަނަ މިނެޓުގައި ޖުވެންޓަސްގެ ގޯލް ކާމިޔާބުކޮށްދިނީ ކަރލޮސް ޓެވޭޒެއެވެ. ނަޕޮލީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ގޮންޒާލޯ ހިގުއައިންނެެނެވެ.

މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު 30 މިނެޓުގެ ދެވަނަ ހާފް ނިމެންދަނިކޮށް ޓެވޭޒްވަނި ގޯލެއްޖަހާ ޖުވެންޓަސްއަށް އުންމީދު އާ ކޮށްދީފައެވެ. ނަމަވެސް މެޗު ނިމެން 2 މިނެޓަށް ވެފައިވަނިކޮށް އަނެއްކާވެސް ހިގުއައިންގެ ގޯލާއެކު ނަޕޮލީއިން ނަތީޖާ ހަމަހަމަ ކުރިއެވެ.

ޖުވެންޓަސްގެ ފުރަތަމަ ޕެނެލްޓީވަނީ ޓެވޭޒް މިސް ކޮށްލާފައެވެ. ނަމަވެސް މެޗުގެ ނަތީޖާ ކަށަވަރުކޮށްދިނީ ނަޕޮލީގެ ކީޕަރ ޖުވެންޓަސްގެ ޑިފެންޑަރ ޕާޑިއޮންގެ ޕެނެލްޓީ ދިފާއުކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް