ހ. އުނިހިޔާގައި ހިނގި އަލިފާނުގެ ހާދިސާ، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

23 Nov 2026 | 21:09
އުނިހިޔާގައި އަލިފާން ރޯވެ ގެއްލުން ވެފައި -- ފޮޓޯ: އެންޑީއެމްއޭ

އުނިހިޔާގައި އަލިފާން ރޯވެ ގެއްލުން ވެފައި -- ފޮޓޯ: އެންޑީއެމްއޭ

ހ. އުނިހިޔާގެ ތިން ވަނަ ފަންގިފިލާގައި މިއަދު މެންދުރުފަހު ރޯވި އަލިފާންގަނޑު ގާތްގަނޑަކަށް ގަޑިއެއްހާ އިރުގެ މަސައްކަތުން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔާ ޢެންޑް ރެސްކިއުއަށް ކުރީ މެންދުރު ފަހު 15:12 ހާއިރު އެވެ. އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ 16:19 ހާއިރުއެވެ.

Advertisement

ޢެންއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށެވެ..

އަލިފާނުގެ އަސަރު އެ ޢިމާރާތުގެ ތިން ވަނަ ފަންގިފިލާގެ އިތުރުން ހަތަރު ވަނަ، ފަސް ވަނަ އަދި ހަ ވަނަ ފަންގިފިލާއަށް ވެސް ކޮށް، އެކި މިންވަރަށް ގެއްލުން ލިބިފައިވެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އެ ޢިމާރާތުގައި ދިރިއުޅޭ 23 ފަރާތަކަށް ) 20 ބޮޑެތި މީހުންނާއި ތިން ކުޑަކުދިން ( ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައެވެ. އެންމެ ބޮޑަށް ގެއްލުން ލިބުނު ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް މީހަކަށް އަންނައުނުގެ އެހީ ވެސް ފޯރުކޮށްދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް