ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު، ބޭރުގެ ހަރަކާތްތައް މަޑު ޖައްސާލައި މާސްކު އަޅަން އިލްތިމާސްކޮށްފި

23 Nov 2026 | 18:24
މާލެ ސަރަހައްދުގެ ދުރު ފެންނަ މިންވަރު ދަށްވެފައި -- ދުވަސް ފޮޓޯ

މާލެ ސަރަހައްދުގެ ދުރު ފެންނަ މިންވަރު ދަށްވެފައި -- ދުވަސް ފޮޓޯ

މުޅި ރާއްޖޭގެ ވައި ނުސާފުވެ، ބޮޑު ސަރަހައްދަކަށް ރަތް ސަމާލު ނެރެފައިވާތީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖްންސީ )އެޗްޕީއޭ( އިން އިލްތިމާސްކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ކުރިޔަށް އޮތް ތިން ދުވަހުވެސް ރާއްޖެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފު ވާނެ އެވެ. އަދި ފަސް އަތޮޅަކަށް ރަތް ސަމާލު ނެރެފައިވާއިރު އެންމެ ދެކުނުން އައްޑު ސިޓީ އާއި ފުވައްމުލަކު ސިޓީއަށް އޮތީ އޮރެންޖު ސަމާލު ނެރެފައި އެވެ.

Advertisement

އެޗްޕީއޭއިން ބުނީ މި ސަމާލުތަކާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބޭރުގައި ކުޅިވަރުތައް ކުޅުމާއި ކަސްރަތު ކުރުންފަދަ ކަންކަން މަޑު ޖައްސާލަން އިލްތިމާސް ކުރާ ކަމަށެވެ. އަދި ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުމަށް އެދިފައިވެ އެވެ.

މީގެ އިތުރުން ގޭގެ ދޮރުތައް ލައްޕައިގެން ތިބުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.

ވައި ނުސާފުވެ ރަތް ސަމާލު ނެރެނީ ސިއްހީގޮތުން ނޭދެވޭ އަސަރު ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ބޮޑުކަމުންނެވެ. އޮރެންޖު ސަމާލު ނެރެނީ ނާޒުކު ހާލަތުގައިވާ ފަރާތްތަކާއި އެހެން މީހުންނަށްވެސް ނޭވާ ލިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތު އޮތުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް