ކޫއްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްޔަރު

ގއ. ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރަމުންދިޔަ ބަންގްލަދޭޝް ރައްޔިތަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

23 Nov 2026 | 14:46
ކޫއްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްޔަރު

ގއ. ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް ފުޅާ ދާއިރާއެއްގައި އެ ތަކެތީގެ ވިޔަފާރިކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ރޭ ހައްޔަރުކޮށްފިއެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ ނޮވެމްބަރު 19 ވަނަ ދުވަހުގެ ރޭ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ގއ. ވިލިނގިލި ޕޮލިހާއި މާމެންދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އުމުރުން 37 އަހަރުގެ އެމްޑީ ހާރިސް މިއަރއެވެ.

Advertisement

އޭނާ ކޫއްޑޫގައި ދިރިއުޅެމުންދިޔަ ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 66 ގުރާމު ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހާރިސް މިއަރގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް